ވަޒީފާގެ ފުރުޞަތު
ނަންބަރު: GS166/IUL/2016/21
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 10:04
ސުންގަޑި: 22 އޮގަސްޓް 2016 14:00
މުލަކު ސްކޫލް
ދިވެހިރާއްޖެ
ޕްރިންޓަރ

ވަޒީފާގެ ފުރުޞަތު

ޕްރިންޓަރ

މި ސްކޫލަށް ބޭނުންވާ ޕްރިންޓަރުގެ މަޤާމަށް މީހަކު ހޯދުމަށް ކުރެވުނު ނަންބަރު GS166/IUL/2016/17 އިޢުލާނުގައި މިނިސްޓްރީގެ ހިޔުމަން ރިސޯސްމެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް (އެޗް.އާރ.އެމް.ޑީ) ކޮމެޓީން 7 ޖުލައި 2015 ގައި ނިންމާފައިވާ ސަރކިޔުލަރ ނޯޓު ނަންބަރު ( 22-PS/CIR/2015/49 ) އިން ކަނޑައަޅާފައިވާ ދިވެހި ސިވިލް ސަރވިސް މަޤާމުތަކުގެ އަސާސީ ޝަރުޠުތަކުގެ ދާއިރާތަކާ އެއްގޮތަށް އިޢުލާންކުރެވިފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އެމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

މަޤާމު: ޕްރިންޓަރ (ދާއިމީ)

މަޤާމުގެ ނަންބަރު: 188-OD/22/2016/09

މަޤާމު އޮތް އޮފީސް: މުލަކު ސްކޫލް / މ. މުލައް

ވަޒީފާ އަދާކުރަންޖެހޭ ތަން: މުލަކު ސްކޫލް / މ. މުލައް

ބޭނުންވާ އަދަދު: 1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން: އެޑްމިނިސްޓްރޭޝަން ސެކްޝަން

މަޤާމު

ރޭންކު

ކްލެސިފިކޭޝަން

ޝަރުޠު

މުސާރަ

ސާރވިސް އެލަވަންސް

ޕްރިންޓަރ

SS3

ސަޕޯޓް ސްޓާފް ގްރޭޑް 3

މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1ގެ ސަނަދެއް ހާސިލުކޮށްފައިވުން.

-/3875

-/1000

 

ދާއިރާތައް

- އިންފޮމޭޝަން ޓެކްނޮލޮޖީ

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

  1. ޓާރމްޓެސްޓް ޕޭޕަރުތަކާއި ޔުނިޓްޓެސްޓް ޕޭޕަރުތައް ޕްރިންޓްކުރުން.
  2. ވާރކްޝީޓާއި އެސެސްމެންޓް ފަދަ ތަކެތި ޕްރިންޓްކުރުމާއި އެތަކެތި ރައްކާތެރިކޮށް ބެލެހެއްޓުން.
  3. ސްކޫލު އޮފީހުން ހަވާލުކުރާ ތަކެތި ފޮޓޯކޮޕީ ނެގުމާއި ޕްރިންޓްކުރުން.
  4. ޕްރިންޓް ކުރުމަށް ބޭނުންވާ ތަކެތީގެ ސްޓޮކް ބެލެހެއްޓުން.
  5. ޕްރިންޓްކުރުމަށް ބޭނުންކުރާ މެޝިނަރީޒްތައް ސާފުކޮށް ބެލެހެއްޓުމާއި، އެތަކެއްޗަށް ދިމާވާ މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް އެންގުން.

ސްކޫލުން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތުގައި ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތް ކުރުން.

 

އެހެނިހެން ޢިނާޔަތްތައް:

ހަމަޖައްސާފައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާއާއި، ސިވިލް ސަރވިސް މުވައްޒަފުންނަށް ލިބިދެވޭ ޢިނާޔަތްތައް.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
  4. ޕްރެކްޓިކަލް ޓެސްޓެއް ދީގެން.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
  3. ވަޒިފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ ސާފު ކޮޕީ.
  5.  ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

 

ސުންގަޑި:

2016 އޮގަސްޓު 22 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން މުލަކު ސްކޫލް އޮފީހަށް ހުށަހެޅުން

 

އިންޓަރވިއު / ޕްރެކްޓިކަލް ޓެސްޓް އޮންނާނެ ތަން:

މުލަކު ސްކޫލް / މ. މުލައް

 

 

އިންޓަރވިއު / ޕްރެކްޓިކަލް ޓެސްޓް އޮންނާނެ ތަން:

2016 އޮގަސްޓު 23 އިން އޮގަސްޓު 25 އާ ދެމެދުގައި

 

އިތުރު މަޢުލޫމާތު:

  1. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނެ ނަންބަރަކީ 7952903 އެވެ.
  2. ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސްގެ ވެބްސައިޓުންނާއި ސްކޫލް އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.
  3. ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހެޅޭ ފޯމުތަކާއި، އެޓޭޗްކުރުމަށް ހުށަހެޅޭ ލިޔުންތައް ބަލައެއް ނުގަނެވޭނެއެވެ.

8 ޛުލްޤަޢިދާ 1437

11 އޮގަސްޓް 2016