ވަޒީފާގެ ފުރުޞަތު
ނަންބަރު: HZN/IULAAN/2016/02
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 08:58
ސުންގަޑި: 16 އޮގަސްޓް 2016 14:00
ޚަޒާނާ މޯލްޑިވްސް ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓަންޓް މެއިންޓަނަންސް އޮފިސަރ

ވަޒީފާގެ ފުރުޞަތު

އެސިސްޓަންޓް މެއިންޓެނަންސް އޮފިސަރ

ޚަޒާނާ މޯލްޑިވްސް ލިމިޓެޑަކީ، ސަރުކާރު ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏެކެވެ. ދިވެހިރާއްޖޭގައި އިސްލާމިކް ފައިނޭންސް ދިރުވައި ކުރިއެރުވުމަށްޓަކައި، ކަމާބެހޭ އެކިއެކި ފަރާތްތަކާ ގުޅިގެން، އިސްލާމިކް ސެކިއުރިޓީސް އިޝޫކުރުމަށް ޚަޒާނާ މޯލްޑިވްސް އިން އެހީތެރިވެދޭނެއެވެ.

އާންމު މަސްއޫލިއްޔަތުތައް:

އެސިސްޓަންޓް މެއިންޓެނަންސް އޮފިސަރުގެ އާންމު މަސްއޫލިއްޔަތަކީ، ކުންފުނި ހިންގާ އިމާރާތުގައި ހިންގާ ހުރިހާ މެއިންޓެނަންސް މަސައްކަތްތައް ކުރުމާއި ބެލެހެއްޓުމެވެ.

ޚާއްޞަވެގެންވާ ޒިންމާތައް

  1. ތަނުގެ ފާޚާނާތަކާއި ފަރުނީޗަރުތަކަށް ލިބޭ ގެއްލުންތައް ބަލައި، ތަނުގެ ފެސިލިޓީސް ބޭނުންކުރެވޭ ރަނގަޅު ހާލަތުގައި ބެހެއްޓުމަށް އަމިއްލައަށް ކުރެވޭވަރުގެ މަރާމާތުތައްކޮށް އަދި ބޮޑެތި މަރާމާތްތައް ވެރިންގެ އިރުޝާދުގެ މަތިން ކުރުވުން. (އަމިއްލައަށް ކުރެވޭނެ މަސައްކަތްތަކާއި ނުކުރެވޭނެ މަސައްކަތްތައް ނިންމާނީ ތަނުގެ ކަމާބެހޭ އިސް މުވައްޒަފެވެ.)
  2. މެއިންޓެނަންސާ ގުޅޭ މަސައްކަތްތައް ކުރުމަށް ހުޅުވަންޖެހޭ ތަންތަން ހުޅުވައި، މަސައްކަތްކުރަމުންދާއިރު ތަނާއި ތަކެތި ޒިންމާދާރު ގޮތެއްގައި ބެލެހެއްޓުން.
  3. ތަނުގެ އިކްވިޕްމަންޓްތައް މަރާމާތުކުރުމުގައި ބައިވެރިވެ، ތަކެތި ބެލެހެއްޓުން.
  4. އެއަރކޯންތައް ސަރވިސްކުރުމުގެ މަސައްކަތްތައް ކުރުން.
  5. ކަރަންޓުގެ މަރާމާތު ކަންތައްތައް ކުރުވުން.
  6. ކޮންޓްރެކްޓް މަސައްކަތަށް ހަވާލުކުރެވިފައިވާ މެއިންޓެނަންސް މަސައްކަތްތަކުގެ ލޮގް ރިޕޯޓާއި މަސައްކަތް ކުރިގޮތުގެ ރިޕޯޓު ފުރިހަމަކުރުން.
  7. ކުންފުނިން ފޮނުވާ ސިިޓީފަދަ ލިޔެކިޔުންތައް އެކި މުއައްސަސާތަކަށް ފޯރުކޮށްދިނުން.
  8. މަތީގައި ދެންނެވިފައިވާ ކަންތައްތަކުގެ އިތުރުން ކުންފުނީގައި ކުރަންޖެހޭ މެއިންޓެނަންސާގުޅޭ އެންމެހައި މަސައްކަތްތައްކުރުން.

ތަޢުލީމީ ފެންވަރު

  • ގްރޭޑް 7 ނިންމާފައިވުން، ނުވަތަ،
  • މަސައްކަތާ ގުޅޭ ދާއިރާއިން  މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ކޮންޕަންސޭޝަން/ މުސާރާއާއި ޢިނާޔަތްތައް.

އެ މީހެއްގެ މަސައްކަތުގެ ތަޖުރިބާއާއި އަދި ތަޢުލީމީ ފެންވަރަށް ބެލުމަށްފަހު، އެޗް. އާރް ޕޮލިސީއާ އެއްގޮތްވާނެ ގޮތުގެ މަތިން، ދެފަރާތަށް އެއްބަސްވެވޭ ޢަދަދެއް.

މަތީގައި ބަޔާން ކުރައްވާފައިވާ ޝަރުޠުތައް ފުރިހަމަވާނަމަ، 2016 އޮގަސްޓު 16 ވަނަ ދުވަހުގެ 14:00 ގެ ކުރިން ސީ.ވީ އާއި ސަނަދުތަކުގެ ކޮޕީ، [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ، ތިރީގައި ވާ އެޑްރެސް އަށް ފޮނުވައިދެއްވުން އެދެމެވެ.

ޚަޒާނާ މޯލްޑިވްސް ލިމިޓެޑް،

މއ. ސެމީ ޑީލް، 2 ވަނަ ފަންގިފިލާ

ޗާންދަނީ މަގު،

މާލެ، ދިވެހިރާއްޖެ

10 އޮގަސްޓް 2016