ވަޒީފާގެ ފުރުޞަތު
ނަންބަރު: 188-SHRD/IUL/2016/69
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 08:53
ސުންގަޑި: 21 އޮގަސްޓް 2016 14:30
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ، އިންޓަރނޭޝަނަލް ރިލޭޝަންސް

ވަޒީފާގެ ފުރުޞަތު

މަޤާމު:

ޑިރެކްޓަރ، އިންޓަރނޭޝަނަލް ރިލޭޝަންސް

ރޭންކް:

އީ.އެކްސް. 1

ކްލެސިފިކޭޝަން:

ޑިރެކްޓަރ

ޑިވިޜަން:

ކޯޕަރޭޓް އެފެއާޒް

މުސާރަ:

މަހަކު -/8835 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2000 ރުފިޔާ

ލިވިންގ އެލަވަންސް

މަހަކު -/4000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މަހަކު 25/3092 ރުފިޔާ (އަސާސީ މުސާރައިގެ 35%)

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ ޢަދަދު:

1 (އެކެއް)

ތަޢުލީމާއި ތަޖުރިބާ:

 

އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާ ނުވަތަ ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން ނުވަތަ އިންޓަރނެޝަނަލް ލޯގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާއިން މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

އިންޓަރނެޝަނަލް ރިލޭޝަންސް ދާއިރާގެ ނުވަތަ ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން ނުވަތަ އިންޓަރނެޝަނަލް ލޯގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާއިން މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. އިންޓަރނޭޝަނަލް ރިލޭޝަންސްގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
  2. އިންޓަރނެޝަނަލް ރިލޭޝަންސްގެ މަސައްކަތްތައް ތަރައްޤީކޮށް ބޭނުންވާ ސްޓްރެޓެޖީތަކާއި އުސޫލުތައް އެކުލަވައިލައި އެއާ އެއްގޮތަށް މަސައްކަތްތައް ބައްޓަންކުރުން.
  3. ދިވެހި ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ މަސައްކަތާއި ޚިދުމަތް ހަރުދަނާކުރުމަށްޓަކައި ރާއްޖޭން ބޭރުގައި މިފަދަ އެހެން އިދާރާތަކާއެކު ގުޅުން ޤާއިމު ކުރުމާބެހޭ މަސައްކަތްކުރުން.
  4. ސިވިލް ސަރވިސްގެ މަސައްކަތާއި ޚިދުމަތް ތަރައްޤީކުރުމަށް ބޭނުންވާނެ އެކިއެކި ފުރުޞަތުތައް ހޯދައިދިނުމަށް ރާއްޖެއާއި ރާއްޖޭންބޭރުގެ މުއައްސަސާތަކާއެކު ގުޅުން ބަދަހިކުރުމުގެ މަސައްކަތްކުރުން.
  5. ދިވެހި ސިވިލް ސަރވިސްގެ މަސައްކަތްތަކާއި ޚިދުމަތް ހަރުދަނާ ކުރުމަށް ބޭނުންވާނެ ތަމްރީން ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ހިންގުމަށްޓަކައި އެހީއާއި ވަސީލަތްތައް ހޯދައި ދިނުމަށް މަސައްކަތްކުރުން.
  6. ދިވެހި ސިވިލް ސަރވިސްގެ މަސައްކަތްތަކާއި ޚިދުމަތް ހަރުދަނާކުރުމަށްޓަކައި ރާއްޖޭން ބޭރުގެ ޑޯނަރ އޭޖެންސީތަކުގެ އެހީ ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  7. ރާއްޖޭން ބޭރާ ގުޅިގެން ހިންގޭ ޕްރޮޖެކްޓްތައް ތައްޔާރުކޮށް ބެލެހެއްޓުމާއި ސިވިލް ސަރވިސް ކޮމިޝަނާއި އެފަދަ ފަރާތްތަކައިއެކު ކުރަންޖެހޭ އެންމެހައި މުޢާމަލާތްތައް ކުރުން.
  8. ރާއްޖެއާއި ރާއްޖޭން ބޭރުގެ މުއައްސަސާތަކާއި ސިވިލް ސަރވިސް ކޮމިޝަނާއެކު އެއްބަސްވާ އެމް.އޯ.ޔޫތައް ތައްޔާރުކުރުމާގުޅޭ މަސައްކަތްތައް ކުރުން. އަދި އެފަދަ އެމް.އޯ.ޔޫ ތަކުގައި ކޮމިޝަނުގެ މަސައްކަތްތައް ވިލަރެސްކުރުން.
  9. ހަވާލުވެފައިވާ މަސައްކަތްތަކާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
  10. ކޮމިޝަންގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތަތައް ކުރުން.
  11. ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2016 އޮގަސްޓު 21 ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ).
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) 
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: %38)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: %8)
  • އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިން ސައްތަ: %54)

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބާވަން އިންޓަރވިއު 2016 އޮގަސްޓު 23 އާއި 2016 ސެޕްޓެންބަރު 1 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

 

                7 ޛުލްޤަޢިދާ 1437

 

10 އޮގަސްޓް 2016