ދިވެހިރާއްޖެ
އިޢުލާން
މާލޭ ސިޓީގެ 30 މިސްކިތް ފޮޅައި ސާފުކުރުމުގެ މަސައްކަތާއި، ސެކިއުރިޓީ ބެލެހެއްޓުން އަދި ކުދި ކުދި މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވެގެން މި މިނިސްޓްރީގެ ނަންބަރު: (IUL) 142-A1/1/2016/102 އިޢުލާނާ ގުޅިގެން 25 ޖުލައި 2016 ވަނަ ދުވަހު ބޭއްވުނު މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ރަނގަޅު މަޢުލޫމާތު ދެވިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތް ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 15 ވާ ހޯމަ ދުވަހުގެ 10:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 17 ވާ ބުދަ ދުވަހުގެ 10:30 އަށް މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020219 އަށެވެ.
21 ޛުލްޤަޢިދާ 1437