ތަމްރީނު
ނަންބަރު: (IUL) 141-NCGC/1/2016/94
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 15:11
ސުންގަޑި: 01 ސެޕްޓެންބަރު 2016 12:00
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ސްޓެޕް އެޕެރެންޓިސްޝިޕް ޕްރޮގްރާމަށް ބައިވެރިން ހޯދުން

އިޢުލާން

ސްޓެޕް އެޕަރެންޓިސްޝިޕް ޕްރޮގްރާމަށް ބައިވެރިން ހޯދުން

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް، މިނިސްޓްރީ އޮފް ޓޫރިޒަމް އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ގުޅިގެން ޓޫރިޒަމްގެ ދާއިރާއިން ކުރިއަށްދިއުމަށް ޝައުޤުވެރިވާ ޒުވާނުންނަށް ޚާއްޞަކޮށް ހިންގޭ ސްޓެޕް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ހަތަރު ވަނަ ބެޗެއް 2016 ވަނަ އަހަރު ފަހުކޮޅު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ޝަރުޠު: ގްރޭޑް 7 ފުރިހަމަކޮށްފައިވުމާއެކު އިނގިރޭސި ބަހުން މުޢާމަލާތުކުރަން އެނގުން

މުއްދަތު: 1 އަހަރުދުވަސް

މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު 2016 އޮގަސްޓު 11 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް ޓޫރިޒަމް އަދި  މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ކައުންޓަރާއި ވެބްސައިޓުން ލިބެން ހުންނާނެއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް، މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (ބޯޅަގެ)، މާފަންނު ޔޫތު ސެންޓަރު، އަތޮޅު ކައުންސިލުގެ އިދާރާތައް، ރަށު ކައުންސިލުގެ އިދާރާތައް އަދި ޒުވާނުންގެ މަރުކަޒުތަކުން އެޕްލިކޭޝަން ފޯމު ލިބެން ހުންނާނެއެވެ. މީގެ އިތުރުން ނެޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރުގެ ފޭސްބުކް ޕޭޖް:National Career Guidance Centre ވެސް އެޕްލިކޭޝަން ފޯމު ޑައުންލޯޑް ކުރެވޭނެއެވެ. ޕްރޮގްރާމުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 1 ވަނަ ދުވަހުގެ 12:00 ގެ ކުރިން ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނެޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރ (ހެންވޭރު ބޯޅަގޭގެ 02 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. އަދި ރަށްރަށުން ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެން.ސީ.ޖީ.ސީ އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

ނޯޓު:

- ނެޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރ (އެން.ސީ.ޖީ.ސީ):- އީމެއިލް: [email protected]

- އެޑިއުކޭޝަން މިނިސްޓްރީ ވެބްސައިޓް: www.moe.gov.mv

- ޓޫރިޒަމް މިނިސްޓްރީ ވެބްސައިޓް: www.tourism.gov.mv

- ނެޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރ:- ފޯން:3312879 / 3320937 / 3326986   ހިލޭގުޅޭ ނަންބަރު: 1456

                                 07 ޛުލްޤަޢިދާ 1437

10 އޮގަސްޓް 2016