މަސައްކަތް
ނަންބަރު: HZN/IULAAN/2016/01
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 15:05
ސުންގަޑި: 18 އޮގަސްޓް 2016 14:00
ޚަޒާނާ މޯލްޑިވްސް ލިމިޓެޑް
ދިވެހިރާއްޖެ
ޚަޒާނާ މޯލްޑިވްސް ލިމިޓެޑަށް ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

ޚަޒާނާ މޯލްޑިވްސް ލިމިޓެޑަށް ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދުމާބެހޭ

ޝައުޤުވެވެރިކަން ފާޅުކުރުމުގެ ދަޢުވަތު

މި ކުންފުނީގެ ބޭނުމަށްޓަކައި އެކި މައްސަލަތަކާ ގުޅޭގޮތުން ޤާނޫނީ ލަފާދިނުމާއި، ޤާނޫނީ ގޮތުން ކުރަންޖެހޭ ބައެއް އެހެނިހެން ކަންތައްތައް ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މުއްދަތު

6 މަސްދުވަސް. މި މުއްދަތު ހަމަވުމުން މަސައްކަތަށް ބަލައި މުއްދަތު އަލުން އައުކުރެވޭނެއެވެ.

ކުންފުނީގެ މަޢުލޫމާތު

ޚަޒާނާ މޯލްޑިވްސް ލިމިޓެޑަކީ، ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏެކެވެ. ދިވެހިރާއްޖޭގައި އިސްލާމިކް ފައިނޭންސް ދިރުވައި ކުރިއެރުވުމަށްޓަކައި، ކަމާބެހޭ އެކިއެކި ފަރާތްތަކާ ގުޅިގެން، އިސްލާމިކް ސެކިއުރިޓީސް އިޝޫކުރުމަށް ޚަޒާނާ މޯލްޑިވްސް އިން އެހީ ތެރިވެދޭނެއެވެ.

ޚާއްޞަވެގެންވާ ޒިންމާތައް

  • ކުންފުނިން ކުރާ މަސައްކަތްތަކާ ގުޅިގެން، ޤާނޫނީ ލަފާ ބޭނުންވާ ކަންކަމުގައި ޤާނޫނީ ލަފާ ހޯދައިދިނުމުގ ހުރިހާ މަސައްކަތްކުރުން.
  • ކުންފުންޏާއި އެކިއެކި ފަރާތްތަކާ ދެމެދު ވެވޭ އެއްބަސްވުންތަކާއި މިފަދަ އެހެނިހެން ޝަރުޢީ އަދި ޤާނޫނީ ލިޔެކިޔުންތައް ޑްރާފްޓްކުރުމާއި، މި ލިޔެކިޔުންތަކާ ބެހޭގޮތުން ލަފާ އެރުވުމާއި، މިފަދަ ލިޔެކިޔުންތަކުގައި ބަޔާންވެގެންވާ ކަންކަމާ ގުޅޭގޮތުން އެއްވެސް ފަރާތަކާއެކު ކުންފުނީގެ ފަރާތުން މުޢާމަލާތްކުރަން ޖެހިއްޖެ ހާލަތެއްގައި މުޢާމަލާތުކޮށްދިނުން.
  • ޤާނޫނާއި ގަވާއިދާ ޚިލާފަށް ކުންފުނީގައި އެއްވެސް ކަމެއް ނިންމަމުންދާކަން ފާހަގަކުރެވިއްޖެނަމަ ވަގުތުން އެކަން ކުންފުނީ ސެކްރެޓަރީގެ ސަމާލުކަމަށް ގެނެސްދިނުން.
  • ތަރުޖަމާކުރަން ޖެހިއްޖެ ހާލަތެއްގައި، ލިޔެކިޔުންތައް (ދިވެހި/ އިނގިރޭސި) ތަރުޖަމާކުރުން
  • ދިވެހިރާއްޖޭގެ ކޯޓުތަކުގައި، މި ކުންފުންޏާ ގުޅޭ ކަންކަމުގައި ކުންފުނީގެ ފަރާތުން ހުށަހަޅާންޖެހޭ ލިޔެކިޔުންތައް ހުށައަޅާ، ކޯޓަ ހާޒިރު ވާން ޖެހިއްޖެ ކޮންމެ ހާލަތެއްގައި ކުންފުނި ތަމްސީލު ކުރުން.

ޝަރުޠުތައް:

  • އިސްލާމިކް ފައިނޭންސާގުޅޭ ތަޖުރިބާ ލިބިފައިވުން
  • ލޯ ފާރމެއް ކަމުގައިވުން

މަތީގައި ބަޔާން ކުރައްވާފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން މި މަސައްކަތް ކޮށްދިނުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެެ ގޮތުން ހުށަހަޅާ "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ގައި ތިރީގައި މިދަންނަވާ މަޢުލޫމަތު ހިމަންނަވާނެއެވެ.

  • ދާއިރާއިން ކޮށްފައިވާ މަސައްކަތުގެ ތަފުސީލު
  • މިފަދަ މާޙައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ
  • ވަކީލުންގެ ތަޢުލީމީ ފެންވަރާއި ހުނަރު
  • އެހެނިހެން މަޢުލޫމާތު
  • އުޖޫރައިގެ ތަފުސީލު

މި މަސައްކަތަށް ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، އިސްލާމިކް ފައިނޭންސާ ގުޅޭ ތަޖުރިބާއާއި އެހެނިހެން ތަޖުރިބާއަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއި އިންޓަރވިއު ކުރުމަށްފަހުއެވެ. މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ، އަދި ޝަރުޠު ހަމަވާ ފަރާތްތަކުން 2016 އޮގަސްޓު 18 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވައިދެއްވުން އެދެމެވެ.

މުޙައްމަދު އާޒާދު (ހެޑް އޮފް ފައިނޭންސް އެންޑް އެކައުންޓްސް)

ޚަޒާނާ މޯލްޑިވްސް ލިމިޓެޑް

މއ. ސެމީ ޑީލް، 2 ވަނަ ފަންގިފިލާ،

ޗާންދަނީމަގު، 20194،

މާލެ، ދިވެހިރާއްޖެ.

ޓެލެފޯނު:  9975956

އީމެއިލް: [email protected]

10 އޮގަސްޓް 2016