މަސައްކަތް
ނަންބަރު: (IUL)321/321/2016/76
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 14:53
ސުންގަޑި: 16 އޮގަސްޓް 2016 10:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި އިދާރާގެ އިމާރާތާއި ގޯތިތެރޭގައި ކުރަންވެފައިހުރި ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  • ކުރަންޖެހޭ މަސައްކަތް:-
  1. މި އިދާރާގެ އިމާރާތުގެ (ގާތްގަނޑަކަށް 9000 އަކަފޫޓު) އެތެރެއާއި ބޭރު ފާރުތަކާއި ސީލިންގގައި ކުލަލައިދިނުން.  
  2. ދޮރުތަކުން ދަވާދު ކަހައި، ހިލަކަރުދާސް އަޅައި ސާފުކުރުމަށްފަހު ދެ ކޯޓު ދަވާދުލުން.
  3. މި އިދާރާގެ ދެކުނުފަރާތުގެ ދޮރޯށި ބަދަލުކުރުމާއި، އިރުމަތީފަރާތުގެ ދޮރޯށި ދޮރުކަންޏާއެކު ނަގައި، އަލުން އައު ދޮރެއް ހަރުކުރުމާއެކު ޢިމާރާތުގެ އުތުރުފަރާތުގެ ދޮރު ދޮރުކަންޏާއެކު ނަގައި، އައު ދޮރަކާއި ދޮރުފަތެއް ހަރުކުރުން.
  4. މި އިދާރާގެ ނޯޓިސްބޯޑުގެ މޫނުމަތީގައި ބިއްލޫރި ހަރުކޮށް، ފާރު ތަޅާލައި އެތެރެއިން ހުޅުވޭގޮތަށް ހެދުން.
  5. މި އިދާރާގެ ވަށާފާރުން (ގާތްގަނޑަކަށް 550 އަކަފޫޓު) ސިމެންތިގަނޑު ކޮށައި، ހިލަވެލި ބޭނުންކޮށްގެން އަލުން ސިމެންތި ޖަހައި އަންޑަރކޯޓު ލައި ދެ ކޯޓު ކުލަލުން
  6. މި އިދާރާއިން ދައްކާ ނަމޫނާއާ އެއްގޮތަށް ގުދަނުގައި ޑެގަކާއި، 3 ފައިލްހަރު ހެދުން

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 16 ވާ އަންގާރަދުވަހުގެ 10:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮގަސްޓު 25 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބުތައް ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ކައުންސިލް އިދާރާގެ އިމާރާތާއި ގޯތީގެ މަރާމާތުގެ މަސައްކަތްތައް ކޮށްދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އެނގެން އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މި އިދާރާގެ މީޓިންގރޫމުގައެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

01 ޛުލްޤަޢިދާ 1437

04 އޮގަސްޓް 2016