މަސައްކަތް
ނަންބަރު: (IUL)340/340/2016/52
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 14:39
ސުންގަޑި: 16 އޮގަސްޓް 2016 13:00
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭ.ސީ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ރަސްދޫ ހުދާ މިސްކިތުގައި އޭ.ސީ ހަރުކޮށްދޭނެ ފަރާތެއް ހޯދުން:

މި ކައުންސިލުން ތިންވަނަ ފަހަރަށް ކުރި ނަންބަރު: (IUL)340/340/2016/40 (16 ޖޫން 2016) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް ބޮޑުކަމަށް މި ކައުންސިލަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް، އއ. ރަސްދޫ ހުދާ މިސްކިތުގައި މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް އޭ.ސީ ހަރުކޮށްދޭނެ ފަރާތެއް އަލުން ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 16 ވަނަ ދުވަހުގެ 13:00 އަށް މި ކައުންސިލުގެ އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 އޮގަސްޓު 18 ވަނަ ދުވަހުގެ 13:00 އަށް މި ކައުންސިލުގެ އިދާރާއަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހުށަހަޅަންޖެހޭނެއެވެ. މަޢުލޫމާތު ސާފުކުރަން ބަދަލުގައި އަންނަ ފަރާތްތަކުން އެކަން ބަޔާންކޮށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ސިޓީއެއް ހުށަހަޅަން ޖެހޭނެއެވެ. މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

07 އޮގަސްޓް 2016