ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: GS40/2016/37
ޕަބްލިޝްކުރި ތާރީޚް: 09 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 14:18
ސުންގަޑި: 17 އޮގަސްޓް 2016 11:40
އއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސީ.ސީ ކެމެރާ ސިސްޓަމަށް ބޭނުންވާ ތަކެތި ހޯދުމަށް

އިޢުލާން

އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސީ.ސީ ކެމެރާ ސިސްޓަމަށް ބޭނުންވާ ތަކެތި ހޯދުމަށް:

މި މަރުކަޒުގައި ސީ.ސީ ކެމެރާ ސިސްޓަމެއް ހަރުކުރުމަށް ބޭނުންވާ ތަކެތި ހޯދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތްކުރަން ޖެހޭނީ އަމިއްލަ ތަކެތީގައެވެ.

ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 17 ވަނަ ދުވަހުގެ 11:40 އަށް މި މަރުކަޒަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 އޮގަސްޓު 23 ވަނަ ދުވަހުގެ 11:40 އަށް މި މަރުކަޒަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހުށަހަޅަންޖެހޭނެއެވެ. މަޢުލޫމާތު ސާފުކުރަން ބަދަލުގައި އަންނަ ފަރާތްތަކުން އެކަން ބަޔާންކޮށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ސިޓީއެއް ހުށަހަޅަންޖެހޭނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށައެއްނޭޅޭނެއެވެ. މަޢުލޫމާތު ސާފުކުރަނީ ކުންފުންޏަކުންނަމަ، ނުވަތަ ވިޔަފާރިއެއްގެ ނަމުގައިނަމަ، އެ ތަންތަނުގެ ރަޖިސްޓަރީގެ ކޮޕީ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހުށަހަޅަންޖެހޭނެއެވެ.

09 އޮގަސްޓް 2016