މަސައްކަތް
ނަންބަރު: GS123/IUL/2016/34
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 16 އޮގަސްޓް 2016 13:30
އިންނަމާދޫ ސްކޫލް، ރ. އިންނަމާދޫ
ދިވެހިރާއްޖެ
ކަރަންޓް 3 ފޭސް ކަރަންޓަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

މި ސްކޫލުގެ ކަރަންޓް 3 ފޭސް ކަރަންޓަށް ބަދަލުކުރުމާ ގުޅޭ

އަމިއްލަ ތަކެތީގައި މި ސްކޫލުގެ ކަރަންޓް 3 ފޭސް ކަރަންޓަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މި ސްކޫލުން ކުރި ނަންބަރު GS123/IUL/2016/30 (13 ޖުލައި 2016) އިޢުލާނާ ގުޅިގެން ހުށަހެޅުނު ބިޑުތަކުގައި، މި މަސައްކަތް ކުރުމަށް ދެވުނު މަޢުލޫމާތު ކަރުދާހުގައި، ބިޑުތަކާއެކު ހުށަހެޅުމަށް ބަޔާންކުރެވިފައިވާ ލިޔެކިޔުންތައް، ފުރިހަމަކޮށް ހުށަހަޅާފައިނުވާތީ، އެ ބިޑުތައް ބާޠިލުކޮށް އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުޞަތު ހުޅުވާލަމެވެ.  

ވީމާ، މި ސްކޫލުގެ ކަރަންޓް ސްކޫލުން ދޭ މަޢުލޫމާތު ކަރުދާހާ އެއްގޮތަށް 3 ފޭސް ކަރަންޓަށް ބަދަލުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 16 ވާ އަންގާރަދުވަހުގެ މެންދުރުފަހުގެ 1:30 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮގަސްޓު 21 ވާ އާދީއްތަދުވަހުގެ މެންދުރުފަހުގެ 1:30 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ސްކޫލުން ދޭ އަންދާސީހިސާބު ހުށަހަޅާ ފޯމުންނެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން އެނގޭނެ ފަދަ ލިޔުމަކާއި، ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

5 ޛުލްޤަޢިދާ 1437

08 އޮގަސްޓް 2016