މަސައްކަތް
ނަންބަރު: (IUL)241-B/241/2016/39
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 13:06
ސުންގަޑި: 16 އޮގަސްޓް 2016 13:00
ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޒުވާނުންގެ މަރުކަޒުގެ އޮފީސްބަޔާއި ޖިމް، އަދި އެރޮބިކްސް ކްލާސް ހިމެނޭ އިމާރާތުގައި ކުރަންޖެހިފައިވާ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ގއ.ވިލިނގިލީ ޒުވާނުންގެ މަރުކަޒުގެ އޮފީސްބައި ހިމެނޭ އިމާރާތް މަރާމާތުކުރުން

ގއ. ވިލިނގިލީ ޒުވާނުންގެ މަރުކަޒުގެ އޮފީސްބަޔާއި ޖިމް، އަދި އެރޮބިކްސް ކްލާސް ހިމެނޭ އިމާރާތުގައި ކުރަންޖެހިފައިވާ މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)241-B/2016/34 އިޢުލާނާ ގުޅިގެން ހުށަހެޅުނު އަންދާސީހިސާބުތައް އިވެލުއޭޓް ކުރުމުގައި އެ އިމާރާތުގައި އިތުރަށް ކުރަންހުރި މަސައްކަތްތައް ހުރިކަމަށް ޒުވާނުންގެ މަރުކަޒުން ފާހަގަކުރެއްވުމާ ގުޅިގެން ހުށަހެޅުނު އަންދާސީހިސާބުތައް ބިޑް ކޮމިޓީން ކެންސަލްކޮށް، އަލުން މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމަށް އިޢުލާން ކުރުމަށް ނިންމެވުމާ ގުޅިގެން، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 16 ވާ އަންގާރަދުވަހުގެ 13:00 އަށް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 22 ވާ ހޯމަދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި އަދި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި އަދި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަންވާނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި އިކްނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކުންނެވެ. މި މަސައްކަތަށް ހުށަހެޅޭ އަންދާސީހިސާބުތައް އިވެލުއޭޓްކޮށް މާކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ.

  • މަސައްކަތުގެ ޖުމްލަ އަގަށް ދެވޭ  މާކްސް   %60
  • ހުށަހަޅާ މުއްދަތަށް ދެވޭ މާކްސް        % 15   
  • ލިބިފައިވާ ތަޖުރިބާއަށް ދެވޭ މާކްސް      % 15 
  • މާލީ ތަނަވަސްކަމަށް               % 10      

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

5 ޛުލްޤަޢިދާ 1437

08 އޮގަސްޓް 2016