ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-HRM/1/2016/135
ޕަބްލިޝްކުރި ތާރީޚް: 09 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 12:06
ސުންގަޑި: 22 އޮގަސްޓް 2016 13:30
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ލޯންޑްރީ އެސިސްޓެންޓް (ވޮލަންޓިއަރ/ 06 މަސްދުވަހަށް)/ ފިޔަވަތި، ހުޅުމާލެ ކުޑަކުދިންގެ ހިޔާ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މިނިސްޓްރީއާއި، މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލު މީހުންނެވެ.

މަޤާމް: 

ލޯންޑްރީ އެސިސްޓެންޓް

މަޤާމުގެ ގިންތި:

ވޮލަންޓިއަރ (06 މަސްދުވަހަށް)

އޮފީސް:

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ފިޔަވަތި، ހުޅުމާލެ)

ބޭނުންވާ އަދަދު:

2 (ދޭއް)

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ރޭންކް: SS1

މަސައްކަތް ކުރަންޖެހޭ ތަން:

ފިޔަވަތި، ހުޅުމާލެ ކުޑަކުދިންގެހިޔާ (ޝިފްޓް އުޞޫލުން)

ތަޢުލީމާއި ތަޖުރިބާ:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު /ޤާބިލްކަން ލިބިފައިވުން.

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންގެ އަންނައުނު ދޮވެ އިސްތިރިކުރުން. 

2. ކުދިންގެ ސްކޫލް ޔުނިފޯމާއި، ކުދިންނަށް ދޮންނަންޖެހޭ އެހެނިހެން ހެދުންތައް ދޮވެ އިސްތިރިކޮށްދިނުން.

3. ލޯންޑްރީގައި ބޭނުންކުރާ މެޝިނަރީ ފަދަ ތަކެތި ސާފުކޮށް ބެލެހެއްޓުން.

4. ލޯންޑްރީ ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.

5. ކުދިން އުޅޭ ފްލޯތަކުގައި ހުންނަ ދޮރުފޮތިތައް ދޮވެ އިސްތިރިކޮށް ބެލެހެއްޓުން.

6. ކުދިން އުޅޭ ފްލޯތަކުގައި ހުންނަ ސޯފާސެޓްތަކުގެ ކަވަރުތައް ދޮވެ އިސްތިރިކުރުން.

7. ކުދިން އުޅޭ ފްލޯތަކުގައި ބޭނުންކުރާ ބެޑްޝީޓާއި ބާލީހު އުރަ ފަދަ ތަކެތި ދޮވެ އިސްތިރިކުރުން.

8. ހިޔާގައި ބާއްވާ އެކިއެކި މުނާސަބަތު ފާހަގަކުރަން ބާއްވާ ކުޅިވަރު ހަރަކާތްތަކުގައި ބޭނުންކުރާ އަންނައުނު ފަދަ ތަކެތި ދޮވެ އިސްތިރިކުރުން.

ޢިނާޔަތްތައް:

 - އަސާސީ މުސާރަ: މަހަކު -/3،100 ރުފިޔާ

 - ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ        

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުންނާއި، ކުޑަކުދިންގެ ހިޔާއިން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ http://mlg.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) 

2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ކިޔަންއެނގޭ، ސާފު ކޮޕީއެއް)

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5. ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރު މުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިއުންތައް.

6. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް. 

 

ސުންގަޑި:

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކާއި ލިޔެކިޔުންތައް ފޮނުވާނީ، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ނުވަތަ ވިލިނގިލީ ކުޑަކުދިންގެ ހިޔާ (ރައިވެރިބޭ މަގު) ނުވަތަ ހުޅުމާލެ ކުޑަކުދިންގެ ހިޔާ "ފިޔަވަތި"  (ކަނީރުމަގު)  އަށެވެ.  ލިޔުންތައް  ހުށަހެޅުމުގެ  ސުންގަޑިއަކީ،  2016  އޮގަސްޓު  22  ވާ ހޯމަދުވަހުގެ 13:30 އެވެ.  

 

 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން: 

- މި މަޤާމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަވިއުކުރުން އޮންނާނީ، 2016 އޮގަސްޓުމަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ.

- އިންޓަވިއުއަށް ހާޒިރުވާއިރު، ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.

- ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައިގެން އިސްކަންދޭގޮތަށް އެފަރާތްތައް ޝޯޓް ލިސްޓްކުރެވޭނެއެވެ.

 

މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި އިސްކަންދެވޭނެ ކަންކަން:

- ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތަކާއި، ޝިފްޓް އުސޫލުން އެކި ދަންފަޅީގައި މަސައްކަތްކުރެވޭނެ ފަރާތްތައް.

- ލޯންޑްރީ މަސައްކަތުގެ ތަޖުރިބާ ލިބިފައިހުރި ފަރާތްތައް.

- މަޑުމައިތިރިކަމާއެކު މުޢާމަލާތު ކުރެވޭ ފަރާތްތައް.

- އުމުރުން 25 އަހަރާއި 50 އަހަރާ ދެމެދުގެ އުމުރުފުރައިގެ ފަރާތްތައް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3027525 ނަންބަރު ފޯނަށް، ނުވަތަ 3027529 ނަންބަރު ފޯނަށެވެ.  

6 ޛުލްޤަޢިދާ 1437


09 އޮގަސްޓް 2016