ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)461-AS/1/2016/19
ޕަބްލިޝްކުރި ތާރީޚް: 09 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 09:15
ސުންގަޑި: 16 އޮގަސްޓް 2016 13:00
ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޑޭޓާ އެންޓަރީ ކުރުމަށް ވަގުތީ މުވައްޒަފުން ހޯދަން ބޭނުންވެއްޖެ

ވަގުތީ މުވައްޒަފުން ހޯދުމަށް

ޑޭޓާ އެންޓަރކުރާނޭ މީހުން ބޭނުންވެއްޖެ

2016 ވަނަ އަހަރު ޖުލައިމަހު ރާއްޖޭގެ ސުކޫލްތަކުގައި ކުރިއަށް ގެންދެވުނު ދިވެހި މާއްދާގެ ނެޝަނަލް އެސެސްމަންޓުގެ ޑޭޓާ އެންޓަރކުރުމުގެ މަސައްކަތް (21 އޮގަސްޓު 2016 އިން 06 އޮކްޓޫބަރު 2016) ކޮށްދޭނެ ތިރީގައި މިދަންނަވާ ޝަރުޠުތައް ފުރިހަމަވާ 6 މުވައްޒަފު ބޭނުންވެއްޖެއެވެ.

މި މަސައްކަތް ކުރައްވާ ކޮންމެ ދުވަހަކަށް ގަޑިއަކަށް -/45 ރުފިޔާގެ ރޭޓުން އުޖޫރައެއް ދެވޭނެއެވެ. އަދި އިތުރުގަޑީ މަސައްކަތް ކުރުވަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ މަސައްކަތަށް ފައިސާ ލިބޭނެއެވެ. މަސައްކަތް ކުރަންޖެހޭނީ ރަސްމީ ގަޑީގައި ހެނދުނު 8:00 ން މެންދުރު 14:00 އަށެވެ.

މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠު:

- ގްރޭޑް 10 ނިންމާފައިފުން

- މައިކްރޯސޮފްޓް އެކްސެލް ފަރިތަކަމާއެކު ބޭނުންކުރުމަށް އެނގުން

- އިނގިރޭސި ބަހުންނާއި، ދިވެހި ބަހުން ފަރިތަކަމާއެކު ޓައިޕްކުރަން އެނގުން.

މި މަސައްކަތަށް މީހުން ހޮވުމުގައި ޕޮއިންޓުދޭނެ ގޮތް ތިރީގައި މިވަނީއެވެ.

- ތަޢުލީމީ ފެންވަރަށް 40 ޕޮއިންޓް

- މަސައްކަތު ތަޖުރިބާއަށް 10 ޕޮއިންޓް

- ރަނގަޅު ސްޕީޑެއްގައި ޑޭޓާ އެންޓަރ ކުރުމަށް 50 ޕޮއިންޓް

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 16 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި ވަޒީފާއަށް ލިޔުމަކުން ހުށަހެޅުއްވުން އެދެމެވެ. އަދި މި ލިޔުން ހުށަހަޅާއިރު ތިރީގައި މިދަންނަވާ ތަކެތި ހުށަހެޅުއްވުން އެދެމެވެ.

1- އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

2- ވަޒީފާގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓް / މއ. އެދުރުހިޔާ، ފަޅުމަތީމަގު (9 ވަނަ ފަންގިފިލާ).

ނޯޓު: 

- މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓުގެ ފަރާތުން މި މުވައްޒަފުގެ ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމަށް ބޭނުންވެއްޖެ ހާލަތެއްގައި ދެފަރާތުގެ އެއްބަސްވުމުގެ ދަށުން ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341220 ފޯނަށް ގުޅުއްވުން އެދެމެވެ.  

09 އޮގަސްޓް 2016