ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)25-A5/25/2017/7
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 15:05
ސުންގަޑި: 25 އޮގަސްޓް 2016 00:00
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ޤާނޫނީ ވަކީލު

މި މިނިސްޓްރީގެ ތިރީގައި މިދަންނަވާ މަސައްކަތްކުރުމަށް ކޮންސަލްޓަންޓެއް ބޭނުންވެއްޖެއެވެ. 

މުސާރަ: މަހަކު -/18,000 ރުފިޔާ

ނަން: ޤާނޫނީ ވަކީލު

ބޭނުންވާ އަދަދު: 1

މުއްދަތު: 1 އަހަރު

  1. މިނިސްޓްރީއާއި، ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަ މިޝަން އަދި އެމްބަސީތަކަށް ބޭނުންވާ އެގްރީމަންޓްތައް ދިރާސާކޮށް، ލަފާދިނުން.
  2. މިނިސްޓްރީގެ ލަފާ ހޯދުމަށް ސަރުކާރުގެ އެކި އިދާރާތަކުންނާއި، އަމިއްލަ ފަރާތްތަކުން އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުން ފޮނުވާ ސިޓީތަކަށް / ކޮމިޔުނިކޭޝަންތަކަށް ޖަވާބު ތައްޔާރުކުރުން.  
  3. ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކަށް ދިވެހި ސަރުކާރުން ހުށަހަޅަންޖެހޭ މަޢުލޫމާތު / ޖަވާބު ތައްޔާރުކުރުން.
  4. ބައިނަލްއަޤްވާމީ މުޖުތަމަޢު އާއި ދިވެހިރާއްޖެއާ ގުޅޭ ޤާނޫނީ އަދި އިންސާނީ ޙައްޤުތަކާބެހޭ މައްސަލަތައް ދިރާސާކުރުމާއި އެފަދަ މައްސަލަތަކާ ގުޅޭ ރިޕޯޓް، ބްރީފް، ޕޮޒިޝަން ޕޭޕަރ އަދި ސްޓޭޓްމަންޓް ތައްޔާރުކުރުން.
  5. ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ މައިގަނޑު މުޢާހަދާތަކާ ގުޅިގެން ދައުލަތުން ހުށަހަޅަންޖެހޭ ރިޕޯޓްތައް ލައިން މިނިސްޓްރީތަކާ ގުޅިގެން ތައްޔާރުކުރުން.  
  6. ދިވެހިރާއްޖެއިން ބައިވެރިވުމަށް ނިންމާ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ މައިގަނޑު މުޢާހަދާތަކާ ގުޅިގެން ތައްޔާރުކުރަންޖެހޭ ޕޮޒިޝަން ޕޭޕަރ ތައްޔާރުކުރުމާއި، މުޢާހަދާ ރެޓިފައިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  7. އަހަރަށް ކަނޑައެޅިފައިހުންނަ ބައިނަލްއަޤްވާމީ ޖަލްސާތަކަށް ޑިވިޜަނުން ތައްޔާރުކުރަންޖެހޭ މަޢުލޫމާތުކަރުދާސް ތައްޔާރުކުރުން. 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  • ޤާނޫނީ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު، މިފަދަ މަސައްކަތެއްގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ޝަރުޠު (ތަޢުލީމާއި ތަޖުރިބާ)

 

ވީމާ، މިމަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2016 އޮގަސްޓު 25 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީ ފޮނުއްވާއިރު، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ވަނަވަރު އަދި ވަނަވަރުގައިވާ މަޢުލޫމާތަށް ބާރުދޭ ހުރިހާ ލިޔުންތަކުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

08 އޮގަސްޓް 2016