ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)101-AF/1/2016/145
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 11:14
ސުންގަޑި: 18 އޮގަސްޓް 2016 10:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ތަކެތި ގަންނަން ބޭނުންވެއްޖެ

އިޢުލާން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް މިދަންނަވާ ތަކެތިގަންނަން ބޭނުންވެއްޖެ

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އައިޓީ އިންފްރާސްޓަކްޗަރ އަޕްގްރޭޑް ކުރުމަށް 17 ނޮވެންބަރު 2015 ގައި ކޮށްފައިވާ ނަންބަރު (IUL)101-AF12015165 އިޢުލާނުގައި ހިމެނިފައިވާ ބައެއް ތަކެތި އައުޓްޑޭޓް ވުމާ ގުޅިގެން، މިހާރު މާކެޓްގައި ލިބެންހުރި ތަކެތި ހިމެނުމަށްފަހު، އަލުން އިޢުލާން ކުރީމެވެ. ވީމާ، މިތަކެތި ވިއްކުމަށް އެދޭ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

1. ސްޕެސިފިކޭޝަން

ބޭނުންވާ ތަކެތި

ނެސް

ބޭނުންވާ އަދަދު

2

ތަފުސީލު

 

Intel® Xeon® or Dual-Core 64-bit processor

Processor

4 GB or Higher                        

Memory

4 Bay

Bay

4 TB

Hard Drive

Two (2) 10/100/1000 Base-TX (Gigabit Ethernet)

Networking

Web-based interface through http/https

Management

  • Windows 8 (32-bit/64-bit)
  • Windows 7 (32-bit/64-bit)
  • Windows Server 2008 R2
  • Windows Server 2008
  • Mac OS 10.6 and later

Client OS Supported

Ethernet

Interface

ReadyRails™ sliding rails with optional cable management arm for 4-post racks (optional adapter brackets required for threaded hole racks)

Rack support

2. ބިޑު ނުވަތަ އަންދާސީހިސާބު ހުށަހެޅުން

2.1 އަންދާސީހިސާބު ހުށަހަޅާނީ މަޢުލޫމާތުކަރުދާހާ އެކުގައިވާ "ބިޑް ހުށަހަޅާ ފޯމު" ފުރިހަމަކުރުމަށްފަހު އެފޯމާ އެކުގައި، 2016 ޖުލައި 24 ވާ ބުރާސްފަތިދުވަހުގެ 10:00 ގެ ކުރިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޯސްޓްގާޑާ ޖެހިގެން އިރަށް ހުންނަ) އިމާރާތަށެވެ. "ބިޑް ހުށަހަޅާ ފޯމު" މިކަރުދާހުގައި ހިމަނާފައިވާނެއެވެ. ވުމާއެކު، ބިޑް ހުށަހަޅާ ފޯމު ހިމަނާފައިނުވާ ބިޑްތައް ބަލައިނުގަނެވޭނެއެވެ.

2.2 މަސައްކަތުގެ އަގު ހުށަހަޅަންވާނީ ދިވެހިރުފިޔާއިންނެވެ. އަދި ޖުމްލަ އަގު ހުށަހަޅަންވާނީ ޖީ.އެސް.ޓީ އާއި އިތުރު ޚަރަދުތައްވެސް ހިމަނައިގެންނެވެ. މިއަގުގެ ތެރޭގައި ފޮރުވިފައިވާ އެއްވެސް އިތުރު ފީއެއް ނުވަތަ ޓެކުހެއް ނުވަތަ އެއްވެސް ފަރާތަކަށް ދޭންވާ ލައިސަންސް ފީއެއް ފަދަ އެއްވެސް ފައިސާއެއް ހިމެނިގެންނުވާނެއެވެ.

2.3 ބިޑް ހުށަހަޅާއިރު އިޢުލާނުގައިވާ ސްޕެސިފިކޭޝަންގެ ތަކެތީގެ ތަފުސީލު ހިމެނޭ ސްޕެސިފިކޭޝަން ޑޮކިއުމެންޓެއް ހުށަހަޅަންވާނެއެވެ. މިކަރުދާހުގައި މޮޑެލް، ބްރޭންޑް އަދި ޓެކްނިކަލް ޑޭޓާޝީޓު ހިމަނަންވާނެއެވެ.

2.4 ބިޑް ހުށަހަޅާ ފަރާތަކީ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކުރެވިގެން ހިންގޭ ވިޔަފާރިއަކަށް ވާންޖެހޭނެއެވެ.

2.5 އަންދާސީހިސާބު ހުށަހަޅަނީ ކުންފުނި، ޕާޓްނަރޝިޕް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ ސޯލްޓްރޭޑަރއެއްގެ ނަމުގައިނަމަ، އެ ވިޔަފާރި ސަރުކާރުގައި ރަޖިސްޓަރީކޮށްފައިވާ ލިޔުމުގެ އަސްލާ އެއްގޮތް ކޮޕީއެއް ހުށަހަޅަންވާނެއެވެ.

2.6 އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރަ އޮންނަންވާނީ، ތިރީގައިވާ ގޮތަށް އެޑްރެސްކޮށް ބޭރުގައި އިޢުލާނު ނަންބަރު ޖަހާފައެވެ.

އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ޕަބްލިކް ރިލޭޝަން ޔުނިޓް

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

މާލެ، ދިވެހިރާއްޖެ

2.7 އަންދާސީހިސާބު ހުޅުވާނީ 2016 އޮގަސްޓު 18 ވާ ބުރާސްފަތިދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ކޮންފަރެންސްރޫމުގައި، ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތުން ކަނޑައެޅިފައިވާ ފަރާތްތަކާ އެއް ހާޒިރުގައެވެ.

3. ހުށަހަޅަންޖެހޭ ތަކެތި

    3.1 ބިޑް ސަބްމިޝަން ފޯމު

    3.2 ކުންފުނީގެ ޕުރޮފައިލް

    3.3 ޕުރޮޕޯޒަލް (ރިފަރެންސް ޑޮކިއުމެންޓާއެކު، 3.2 ގައިވާ މަޢުލޫމާތު ހިމަނައިގެން)

    3.4 ހުށަހަޅާ ފަރާތުގެ ވިޔަފާރި ރަޖިސްޓަރީގެ އަސްލާ އެއްގޮތް ކޮޕީއެއް

4. މާކްސް ދިނުމަށް ހަމަޖެހިފައިވާ އުސޫލު

#

މާކްސް ދެވޭ ކަންކަން

މާކްސް ދެވޭ %

ތަފުސީލު

4.1

އަގު

40%

  • މާކްސް ދެވޭނީ ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

4.2

ސްޕެސިފިކޭޝަނަށް ދޭ މާކްސް

30%

  • މާކްސް ދެވޭނީ ހުށަހަޅާ އެންމެ މަތީ ސްޕެސިފިކޭޝަނަކީ ބެންޗްމާކް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ ސްޕެސިފިކޭޝަންތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

4.3

ޑެލިވަރީކޮށްދޭނެ ކަމަށް ހުށަހަޅާ މުއްދަތަށް ދެވޭ މާކްސް

5%

  • މާކްސް ދެވޭނީ ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތުގެ މެދުގައި ބަހާލައިގެންނެވެ.

4.4

ތަކެތީގެ ވޮރަންޓީ

15%

  • މާކްސް ދެވޭނީ ހުށަހަޅާ އެންމެ ދިގު މުއްދަތަކީ ބެންޗްމާކް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތުގެ މެދުގައި ބަހާލައިގެންނެވެ.

4.5

މަސައްކަތުގެ  ތަޖުރިބާ

10%

  • މަސައްކަތުގެ ތަޖުރިބާއަށް ދޭ މާކްސް
  • މާކްސް ދިނުމުގައި ބަލާނީ މިފަދި މަސައްކަތް ދީފައިވާ ފަރާތްތަކުން، މަސައްކަތް ކާމިޔާބުކަމާއެކު، ކޮށް ނިންމައިދީފައިވާ ކަމަށް ބަޔާންކޮށް ދީފައިވާ ލިޔުމުގެ އަދަދަށް ބަލައި، އެންމެ ގިނަ އަދަދަކީ ބެންޗްމާކް ކަމުގައި ބަލައިގެންނެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު:3333119 އަށް ގުޅުއްވުން އެދެމެވެ.

ނޯޓް: ބިޑް އިވެލުޝަނަށްފަހު، އެއްވެސް ޝަކުވާއެއްވާނަމަ މިމިނިސްޓްރީއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބު ދެވޭނެއެވެ.

08 އޮގަސްޓް 2016