ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)13-E/13/2016/129
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 09:59
ސުންގަޑި: 18 އޮގަސްޓް 2016 13:30
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ފައިނޭންޝިއަލް ބަޖެޓް އެގްޒެކެޓިވް (އީ.އެކްސް 5)

މަޤާމު:

ފައިނޭންޝިއަލް ބަޖެޓް އެގްޒެކެޓިވް (އީ.އެކްސް 5)

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު -/13،890 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

ކްލެސިފިކޭޝަން:

ޑިރެކްޓަރ ޖެނެރަލް

އޮފީސް /ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

ކ. މާލެ

ސެކްޝަން/ޑިވިޝަން:

ފިސްކަލް އެފެއާޒް ޑިވިޜަން

މަޤާމުގެ ޝަރުޠު:

  • މެނޭޖްމަންޓް/ ފައިނޭންސް އެންޑް އެކައުންޓްސް/ ޕަބްލިކް ފައިނޭންސް މެނޭޖްމަންޓް/ އިކޮނޮމިކްސްގެ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މެނޭޖްމަންޓް/ ފައިނޭންސް އެންޑް އެކައުންޓްސް/ ޕަބްލިކް ފައިނޭންސް މެނޭޖްމަންޓް/ އިކޮނޮމިކްސްގެ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މެނޭޖްމަންޓް/ ފައިނޭންސް އެންޑް އެކައުންޓްސް/ ޕަބްލިކް ފައިނޭންސް މެނޭޖްމަންޓް/ އިކޮނޮމިކްސްގެ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

އިތުރު ތަފުސީލު

ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސްގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ޑިވިޜަންގެ އެންމެހައި ކަންކަން ރާވައި ހިންގުން.
  • ޑިވިޜަންގެ ދަށުން ހިނގާ ސެކްޝަންތަކުގެ މުވައްޒަފުންގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި މުވައްޒަފުންނާ ގުޅޭ އެންމެހައި ކަންކަމާ ގުޅިގެން ނިންމަންޖެހޭ ނިންމުންތައް ނިންމުން.
  • ދައުލަތުން ކޮންމެއަހަރަކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ދައުލަތުގެ ބަޖެޓު ތައްޔާރުކުރުމުގެ އެންމެހައި މަސައްކަތް ރާވައި ހިންގުން (ދައުލަތުގެ ބަޖެޓާގުޅޭ ސިޔާސަތުތައް މިނިސްޓަރގެ މަޝްވަރާގެ މަތިން އެކުލަވައިލުން، ބަޖެޓު ޓެކްނިކަލް އަދި މިނިސްޓްރީއަލް މީޓިންގތަކުގެ އެންމެ އިސްފަރާތެއްގެ ރޯލު އަދާކުރުން)
  • ބަޖެޓު ތަންފީޒުކުރުމާ ގުޅޭގޮތުން ކަނޑައަޅަންޖެހޭ ސިޔާސަތުތައް މިނިސްޓަރުގެ މަޝްވަރާގެ މަތިން އެކަށައެޅުމާއި މިކަންކަމާ ގުޅިގެން އޮފީސްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުން.
  • މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓެރެޜަރީ ދެއްވާ ބަޖެޓު ބަޔާން ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  • ޑެޓް ސަސްޓެއިނަބިލިޓީ އެސެސްމަންޓާއި، ފިސްކަލް ސަސްޓެއިނަބިލިޓީ އެސެސްމަންޓާއި، ޕެފާ އެސެސްމަންޓްގެ ކަންކަން ރާވައި ބެލެހެއްޓުން.
  • ފިސްކަލް ފްރޭމް ވޯރކާއި މީޑިއަމް ޓަރމް އެކްސްޕެންޑިޗަރ ފްރޭމްވޯކް ތައްޔާރުކުރުމުގެ މަސައްކަތް ރާވައި ހިންގުން.
  • ޑިވިޜަންގެ މަސައްކަތްތަކާ ގުޅިގެން އޮފީހުގެ ވެރިން އަންގަވާ މިނޫންވެސް އެކިއެކި މަސައްކަތްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކޮށްފި ނަމަ އިތުރުގަޑީގެ ފައިސާ

ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ.

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

- ހިންގުމުގެ ޤާބިލުކަންހުރި މިންވަރު

- މުދަލާއި ފައިސާއާބެހޭ ކަންތައްތައް ބެލެހެއްޓުމާއި ހިންގުމުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

- ލީޑަރެއްގެ މަސައްކަތްކުރުމުގެ ޤާބިލުކަން ހުރި މިންވަރު

- ސެޕް ސޮފްޓްވެއަރއަށް އަހުލުވެރިވެފައިވާ މިންވަރު

- މާލިއްޔަތާ ގުޅޭ ޤާނޫނުތަކަށް (މާލިއްޔަތު ޤާނޫނު، މާލިއްޔަތު ގަވާއިދު، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު) އަހުލުވެރިވެފެވައިވާ މިންވަރު.

އިންޓަރވިއު

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއުއާއި ޕްރެޒެންޓޭޝަން އޮގަސްޓު 21 އިން ސެޕްޓެންބަރު 8 އާ ދެމެދު މާލޭގައި އޮންނާނެއެވެ. އަދި އިންޓަރވިއު ބޭއްވޭ ތަން އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ފުރިހަމަކޮށް ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓު) އަދި ޓްރާންސްކްރިޕްޓް. ސެޓުފިކެޓު ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި  ވަނަވަރު / ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓްފިކެޓް

- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންގެންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި މުވައްޒަފު އަދާކޮށްފައިވާ މަޤާމުތަކުގައި ހޭދަވި މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އެނގޭގޮތަށް ހުށަހެޅުން). 

ސުންގަޑި:

2016 އޮގަސްޓު 18 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349129/3349169 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުން ގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ހަފުތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސްއާއި އިމްތިޙާނު ކުރުން ބޭއްވޭނެއެވެ.

04 އޮގަސްޓް 2016