ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)13-E/13/2016/130
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 09:52
ސުންގަޑި: 18 އޮގަސްޓް 2016 13:30
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ބަޖެޓް އޮފިސަރ (އެމް.އެސް 2)

މަޤާމު:

ބަޖެޓް އޮފިސަރ (އެމް.އެސް 2)

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު -/6،295 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

އޮފީސް /ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

ކ. މާލެ

ސެކްޝަން/ޑިވިޝަން:

ފިސްކަލް އެފެއާޒް ޑިވިޜަން، ނޭޝަނަލް ބަޖެޓް ސެކްޝަން

މަޤާމުގެ ޝަރުޠު:

  • ޕަބްލިކް ފައިނޭންސް/ފައިނޭންސް އެންޑް އެކައުންޓްސް/ސްޓެޓިސްޓިކްސް/އިކޮނޮމިކްސްގެ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ޕަބްލިކް ފައިނޭންސް/ފައިނޭންސް އެންޑް އެކައުންޓްސް/ސްޓެޓިސްޓިކްސް/އިކޮނޮމިކްސްގެ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ޕަބްލިކް ފައިނޭންސް/ފައިނޭންސް އެންޑް އެކައުންޓްސް/ސްޓެޓިސްޓިކްސް/އިކޮނޮމިކްސްގެ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • ޕަބްލިކް ފައިނޭންސް/ފައިނޭންސް އެންޑް އެކައުންޓްސް/ސްޓެޓިސްޓިކްސް/އިކޮނޮމިކްސްގެ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދައިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

އިތުރު ތަފުސީލު

ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސްގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

ދައުލަތުގެ ބަޖެޓް ތައްޔާރުކުރުމުގެ އެންމެހައި މަސައްކަތްތައް ސެކްޝަންގެ ވެރިޔާ އަންގާ ގޮތުގެ މަތިން ކުރުން

ބަޖެޓް ޕޮޒިޝަން ރިޕޯޓު ތައްޔާރުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން

ފިސްކަލް ފްރޭމްވޯކާއި މީޑިއަމް ޓަރމް އެކްސްޕެންޑިޗަރ ފްރޭމްވޯކް ތައްޔާރުކުރުމުގެ މަސައްކަތް ކުރުން

ދައުލަތަށް ލިބޭ އާމްދަނީގެ ތަފުސީލު ހިސާބު މަހުން މަހަށް އެކުލަވައިލުމުގެ މަސައްކަތް ކުރުން

ދައުލަތުގެ ބަޖެޓް ފާސްވުމަށްފަހު ބޭރުގެ މާލީ އިދާރާތަކަށް ބޭނުންވާ ފޯމެޓަށް ބަޖެޓްގެ ހިސާބުތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރުން

ބަޖެޓް އެޑުވައިޒަރީ ކޮމިޓީގެ ޖަލްސާތަކުގެ ސެކްރެޓޭރިއެޓް ބެލެހެއްޓުމުގައި އެހީތެރިވެދިނުމާއި މި ކޮމެޓީގެ ޖަލްސާތަކަށް ބޭނުންވާ ތަފާސްހިސާބުތަކާއި ރިޕޯޓްތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރުން

އަހަރު ތެރޭގައި ބަޖެޓާގުޅިގެން ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުމާއި ބަޖެޓާ ގުޅޭގޮތުން ސެކްޝަންގެ ވެރިޔާއަށް އިރުޝާދު ދިނުން

މިނޫންވެސް ސެކްޝަންގެ މަސައްކަތާ ގުޅިގެން އޮފީހުގެ ވެރިން އަންގަވާ އެކިއެކި މަސައްކަތްތައް ކުރުން.

އުޖޫރައާއި އިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކޮށްފި ނަމަ އިތުރުގަޑީގެ ފައިސާ

ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ.

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

- ވަޒީފާގެ ދާއިރާގެ ޓެކްނިކަލް އަދި ޕްރޮފެޝަނަލް މަސައްކަތުގެ މަޢުލޫމާތު ލިބިފައިވާ މިންވަރު

- މަސައްކަތުގެ ދާއިރާގެ ފަންނީ ޤާބިލުކަން ހުރި މިންވަރު

- ޖިސްމާނީ، ނަފްސާނީ އަދި ފަންނީ ޤާބިލުކަން ހުރި މިންވަރު

- އިސްނެގުމާއި ލީޑަރޝިޕްގެ ހުނަރު

- ސެޕް ސޮފްޓްވެއަރއަށް އަހުލުވެރިވެފައިވާ މިންވަރު

- މާލިއްޔަތާ ގުޅޭ ޤާނޫނުތަކަށް (މާލިއްޔަތު ޤާނޫނު، މާލިއްޔަތު ގަވާއިދު، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު) އަހުލުވެރިވެފައިވާ މިންވަރު.

- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތެއްކަމުގައިވުން

- ދިވެހި ބަހުންނާއި އިނގިރޭސި ބަހުން މުޢާމަލާތްކުރުމުގެ ހުނަރު

އިންޓަރވިއު

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއުއާއި ޕްރެޒެންޓޭޝަން އޮގަސްޓު 21 އިން ސެޕްޓެންބަރު 8 އާ ދެމެދު މާލޭގައި އޮންނާނެއެވެ. އަދި އިންޓަރވިއު ބޭއްވޭ ތަން އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ފުރިހަމަކޮށް ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް) އަދި ޓްރާންސްކްރިޕްޓް. ސެޓުފިކެޓު ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި، ވަނަވަރު / ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓްފިކެޓް

- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންގެންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި މުވައްޒަފު އަދާކޮށްފައިވާ މަޤާމުތަކުގައި ހޭދަވި މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އެނގޭގޮތަށް ހުށަހެޅުން). 

ސުންގަޑި:

2016 އޮގަސްޓު 18 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349129/3349169 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުން ގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ހަފުތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސްއާއި އިމްތިޙާނު ކުރުން ބޭއްވޭނެއެވެ.

04 އޮގަސްޓް 2016