ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)178-H/1/2016/3
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 09:47
ސުންގަޑި: 23 އޮގަސްޓް 2016 13:30
ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަން
ދިވެހިރާއްޖެ
މަސައްކަތު މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެ

މަޤާމް :މަސައްކަތު
ބޭނުންވާ އަދަދު :1

އިޢުލާން

މި ބިއުރޯއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު:

މަސައްކަތު ( އެސް.އެސް. 2 )

އޮފީހުގެ ނަން:

ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަން / މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް

ވަޒިފާ އަދާކުރަންޖެހޭ ތަން:

ކ. މާލެ

ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 2

ބޭނުންވާ ޢަދަދު:

01

އަސާސީ މުސާރަ:

މަހަކު -/3,470 ރުފިޔާ

އެލަވަންސް:

މަހަކު -/1,000 ރުފިޔާ (ސަރވިސް އެލަވަންސް).

އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ މަސައްކަތަށް ދެވޭ އުޖޫރަ ދެވޭނެ.

ސެކްޝަން /ޔުނިޓް:

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް / އޮފީސް އެޑްމިނިސްޓްރޭޝަން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. އޮފީހުގެ މޭޒުތަކާއި، ކަބަޑުތަކާއި އެހެނިހެންތަންތަން ފޮޅުމާއި، ޑަސްޓްބިންތައް ހުސްކުރުން.
  2. އޮފީހުގެ ގޮނޑިތަކާއި ކާޕެޓުތަކުގައި ވެކިއުމް ކްލީނަރ އަޅައި ސަފާކުރުން.
  3. ފާޚާނާތައް ސާފުކޮށް، އެ ތަނަށް ބޭނުންވާ ތަކެތި ނެގުން.
  4. ސައިހެދުމާއި އެ ތަނުގައި ބޭނުންކުރާ ތަކެތި ދޮވެ ސާފުކޮށް ބެލެހެއްޓުން.
  5. ބައްދަލުވުންތައް ބާއްވާ ޔުނިޓުގެ އިރުޝާދުގެ ދަށުން ބައްދަލުކުރާ ކޮޓަރި ތައްޔާރުކޮށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން.
  6. އޮފީހުން ކުރާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެތެރެއިން ޙާވާލުކުރެވޭ އެހެނިހެން ކަންތައްތައްކުރުން.

އަސާސީ ޝަރުޠު:

  1. މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސެންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން.

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު. (ފުރަހަމަކޮށް ހުށަހަޅަންޖެހޭ މި ފޯމު މި ބިޔުރޯއިން ލިބެން ހުންނާނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓު ލިބިފައިވާނަމަ ސެޓުފިކެޓުތަކުގެ ކޮޕީ
  3. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާނަމަ ވަޒީފާ އަދާކުރި ނުވަތަ އެވަޒީފާ އަދާކުރާކަމުގެ ރަސްމީ ލިޔުމެއް. (އެ ވަޒީފާގެ މަސްއޫލިއްޔަތާއި، އެ ވަޒީފާގައި ހޭދަވި މުއްދަތާއި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް)
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)
  6. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ސިވިލް ސަރވިސްގެ މި ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

އިތުރު މަޢުލޫމާތު:

  • ޝަރުޠު ފުރިހަމަނުވާ އަދި ހުށަހަޅަންޖެހޭ ތަކެތި ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • މި މަޤާމަށް މުވައްޒަފުން ނެގޭނީ މި ބިޔުރޯއިން ކަނޑައަޅާ އިންޓަރވިޔު ޕެނަލެއްގައި މި މަޤާމުގެ ވާޖިބު އަދާކޮށްދެވޭނެކަމަށް ސާބިތުކޮށްދީ އިންޓަރވިއުއިން ފާސްވުމުންނެވެ. އަދި އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހަޅުއްވާފައިވާ ވަޒީފާއަށް އެދޭ ފޯމާއެކުގައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވެލައްވާއިރު ގެންނެވުން އެދެމެވެ.
  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ބިޔުރޯގެ 3010754 ނުވަތަ 3312900 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

ސުންގަޑި:

2016 އޮގަސްޓު 23 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން.

ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަނަށް. (ވެލާނާގޭ 05 ވަނަ ފަންގިފިލާ)

އިންޓަވިއު ކުރުން:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

04 ޛުލްޤަޢިދާ 1437

08 އޮގަސްޓް 2016