ދިވެހިރާއްޖެ
އިޢުލާން
މި އޮތޯރިޓީގެ ނަންބަރު (IUL) 182-MTG/2016/02 (20 ޖަނަވަރީ 2016) އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.
މި އިޢުލާނުން އިމްޕޯޓުކުރުމާއި ވިއްކުން މަނާ ކުރެވިފައިވާ ބޭސްތަކުގެ ތެރެއިން ލެބެން ލެބޯރެޓަރީސްއިން އުފައްދާ ބޭހުގެ Azileb 250 Tablet (Azithromycin 250 mg) ގެ ބެޗު ނަންބަރު T-524 އާއި L-Trim DS (Sulfamethoxxazole + Trimethoprim) ގެ ބެޗު ނަންބަރު: T-4853 ނޫން، ވަގުތީ ގޮތުން ހިފެހެއްޓިފައިވާ އިތުރު ބެޗްތަކާއި ޑޯޒޭޖް ފޯމުތައް އަދި ސްޓްރެންތުތައް ވަނީ މި އޮތޯރިޓީގެ ފަރާތުން އިތުރަށް ބަލަންޖެހޭ ބެލުންތައް ބެލުމަށް ފަހު ހަވާލާދީފައިވާ އިޢުލާނުން ވަގުތީ ގޮތުން ހިފެހެއްޓި ހިފެހެއްޓުން ބާޠިލުކޮށް، މި ބޭސްތައް ކުރިއެކޭ އެއްގޮތަށް އިމްޕޯޓުކުރުމާއި ވިއްކުން ހުއްދަކުރެވިފައިވާކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
މީގެ އިތުރުން ރާއްޖެއަށް އެތެރެކޮށް ވިއްކާ ބޭހަކީ ފެންވަރު ރަނގަޅު ކޮލިޓީ ބޭސްކަން ކަށަވަރުކުރުމަށްޓަކައި ކުރިއެކޭ އެއްގޮތަށް ޕޯސްޓްމާކެޓް ސާރވެއިލަންސް ނިޒާމު ހަރުދަނާކުރުމަށް އެތެރެކޮށް ވިއްކާ ބޭސްތައް މި އޮތޯރިޓީގެ ފަރާތުން މޮނީޓަރކުރަމުން ގެންދާނެ ކަމުގައި ދެންނެވީމެވެ.
އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ ނަންބަރު 3014316 ފޯނާ ގުޅުއްވުން އެދެމެވެ.
26 ޝައްވާލް 1437