ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)335-AS/335/2016/48
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 24 އޮގަސްޓް 2016 14:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1438 ވަނައަހަރު ހިންމަފުށީ ކައުންސިލްގެ ފަރާތުން ރައްޔިތަކު ޙައްޖަށް ފޮނުވުމާބެހޭ

އިޢުލާން

1438 ވަނައަހަރު ހިންމަފުށީ ކައުންސިލުގެ ފަރާތުން ރައްޔިތަކު ޙައްޖަށް ފޮނުވުމާބެހޭ

1438 ވަނަ އަހަރު މިކައުންސިލްގެ ފަރާތުން ރަށުގެ ރައްޔިތަކު ޙައްޖަށް ފޮނުވާގޮތަށް ވަނީ ނިންމަވާފައެވެ.

ވީމާ، އުސޫލުގައި މިދަންނަވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޙައްޖަށް ދިއުމަށް އެދޭ ފަރާތްތަކުން " ޙައްޖަށް ދިއުމަށް އެދޭ ފޯމު" ފުރިހަމަ ކުރައްވައި 21 ޛުލްޤަޢިދާ 1437 ، 24 އޮގަސްޓު 2016 ބުދަދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ.

ޙައްޖަށް ފޮނުވާ ފަރާތް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ، މި އިޢުލާނާ އެކުގައިވާ އުސޫލުގައިވާ ގޮތުގެމަތީން ޚާއްޞަ ކޮމިޓީއަކުން ޝަރުޠު ހަމަވާ ފަރާތްތަކަށް ބަލައި ޤުރުޢަތުންނެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.         

13 ޝައްވާލް 1437

18 ޖުލައި 2016