މަސައްކަތް
ނަންބަރު: 252/2016/54
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 25 އޮގަސްޓް 2016 13:00
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަދަނޑުގެ ވަށައި ފެންސު ޖެހުމާއި، ފުޓްބޯޅަދަނޑަށް އިތުރުކުރި ސަރަޙައްދުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ފުޓްބޯޅަދަނޑުގެ ވަށައި ފެންސު ޖެހުމާއި، ފުޓްބޯޅަދަނޑަށް އިތުރުކުރި ސަރަހައްދުގެ ވަށާފާރު ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 25 ވަނަ ދުވަހުގެ 13:00 އަށް ފިއްލަދޫ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ސެޕްޓެންބަރު 01 ވަނަ ދުވަހުގެ 13:00 އަށް ފިއްލަދޫ ކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބުތައް ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކުރުމަށް ފަހުގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، "ފިއްލަދޫ ފުޓްބޯޅަދަނޑުގެ ވަށައި ފެންސު ޖެހުމާއި، ފުޓްބޯޅަދަނޑަށް އިތުރުކުރި ސަރަޙައްދުގެ ވަށާފާރު ރޭނުމުގެ މަސައްކަތަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

އަދި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މީގެ އިތުރުން މި މަސައްކަތަށް ތައްޔާރުކުރެވިފައިވާ މަޢުލޫމާތުފޯމާ ޚިލާފަށް ހުށަހެޅޭ އަންދާސީހިސާބުތައްވެސް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.  

މިހެންވެ މިކަން އާންމުކޮށް އިޢުލާނުކުރީމެވެ.     

01 ޛުލްޤަޢިދާ 1437

04 އޮގަސްޓް 2016