ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 30-G/1/2016/25
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 12:43
ސުންގަޑި: 16 އޮގަސްޓް 2016 00:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން ލ.އިސްދޫ، ކަލައިދޫ އަދި ދަނބިދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ކުރުމަށް ކުރެވުނު އިޢުލާނާބެހޭ

އިޢުލާން

މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން ލ.އިސްދޫ، ކަލައިދޫ އަދި ދަނބިދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ކުރުމަށް ކުރެވުނު އިޢުލާން (IUL) 30-A2/30/2016/50 އާގުޅޭ

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާ ގުޅިގެން ހިންގާ "މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ލ. އިސްދޫ، ކަލައިދޫ އަދި ދަނބިދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތުގެ އަޖުމަ ބެލުމުގެ ގޮތުން ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ފަރާތްތަކުގެ އަދަދު އިތުރުކުރުމާބެހޭ ގޮތުން ދަންނަވަމެވެ.

މި އިޢުލާނުގެ ދަށުން ފުރަތަމަ ފުރުސަތު ދޭން ނިންމާފައި ވަނީ ކޮންމެ ރަށަކުން 10 ފަރާތަށް ކަމުގައިވީނަމަވެސް، އިސްވެ ދެންނެވުނު އަދަދުގެ އިތުރަށް ދަނބިދޫއަށް އިތުރު 5 ފުރުސަތާއި ކަލައިދޫއަށް އިތުރު 4 ފުރުސަތު ދިނުމަށް މިނިސްޓްރީން ނިންމާފައިވާތީ އެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ. އިތުރުކުރެވުނު ފުރުސަތުތަކަށް މީހުން ހޮވުމަށް ނިންމާފައި ވަނީ އިޢުލާން ނަންބަރު (IUL) 30-A2/30/2016/50 ގެ ދަށުން ދަނބިދުއާއި ކަލައިދޫން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް ކަމަށްވާތީ އެ ވާހަކަވެސް ދަންނަވަމެވެ.   

3 ޛުލްޤަޢިދާ 1437

08 އޮގަސްޓް 2016