ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-HRM/1/2016/136
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 11:26
ސުންގަޑި: 22 އޮގަސްޓް 2016 13:30
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
މަސައްކަތު (ވޮލަންޓިއަރ/ 06 މަސްދުވަހަށް)/ ފިޔަވަތި، ހުޅުމާލެ ކުޑަކުދިންގެ ހިޔާ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މިނިސްޓްރީއާއި، މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލު މީހުންނެވެ.

މަޤާމް:

މަސައްކަތު 

މަޤާމުގެ ގިންތި:

ވޮލަންޓިއަރ (6 މަސްދުވަހަށް)

އޮފީސް:

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ފިޔަވަތި، ހުޅުމާލެ)

ބޭނުންވާ އަދަދު:

4 (ހަތަރެއް)

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ރޭންކް:SS1

މަސައްކަތް ކުރަންޖެހޭ ތަން:

ފިޔަވަތި، ހުޅުމާލެ ކުޑަކުދިންގެ ހިޔާ (ޝިފްޓް އުޞޫލުން)

ތަޢުލީމާއި ތަޖުރިބާ:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު /ޤާބިލްކަން ލިބިފައިވުން.

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ފިޔަވަތީގެ އެތެރެއާއި، ގޯތިތެރެއާއި، މަގުމަތި ކުނިކަހައި ސާފުކުރުން.

2. ކައްކާ މީހަކު ނެތިއްޖެނަމަ، ނުވަތަ ޑިއުޓީގައި މީހުން މަދުނަމަ، ފިޔަވަތީގައި ތިބޭ ކުދިންނަށް ކައްކައި ކާންދިނުން.

3. ފިޔަވަތީގައި ތިބޭ ކުދިން ބެލެހެއްޓުމުގެ މަސައްކަތަށް ދިއުމަށް އޮފީހުން އަންގައިފިނަމަ، އެ މަސައްކަތް ކުރުން.

4. ފިޔަވަތީގައި ތިބޭ ކުދިންގެ އެއްޗެހި ދޮވެ އިސްތިރިކުރުމުގެ މަސައްކަތުގައި އެހީތެރިވުން.

5. ފިޔަވަތީގެ އޮފީސްތެރެއާއި ސައިކޮޓަރި ސާފުތާހިރުކޮށް ބެލެހެއްޓުން.

6. ފިޔަވަތީގައި ހިންގޭ އެކި ހަރަކާތްތަކުގައްޔާއި މަސައްކަތުގައި ބައިވެރިވެ އެހީތެރިވުން.

7. މީގެ އިތުރުންވެސް، އޮފީހުން ކަނޑަޅާ ގޮތެއްގެ މަތިން ރަސްމީ އެންމެހައި މަސައްކަތެއް ކުރުން.

ޢިނާޔަތްތައް:

- އަސާސީ މުސާރަ: މަހަކު -/3،100 ރުފިޔާ 

- ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުންނާއި، ކުޑަކުދިންގެ ހިޔާއިން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ http://mlg.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަންއެނގޭ ސާފު ކޮޕީ.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5. ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރު މުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިއުންތައް.

6. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.

ސުންގަޑި:

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކާއި ލިޔެކިޔުންތައް ފޮނުވާނީ، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ނުވަތަ ވިލިނގިލީ ކުޑަކުދިންގެ ހިޔާ (ރައިވެރިބޭ މަގު) ނުވަތަ ހުޅުމާލެ ކުޑަކުދިންގެ ހިޔާ "ފިޔަވަތި" (ކަނީރުމަގު) އަށެވެ. ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 އޮގަސްޓު 22 ވާ ހޯމަދުވަހުގެ 13:30 އެވެ.

 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން: 

- މި މަޤާމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަވިއުކުރުން އޮންނާނީ، 2016 އޮގަސްޓުމަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. އިންޓަވިއުއަށް ހާޒިރުވާއިރު، ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.

- ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައިގެން އިސްކަންދޭގޮތަށް އެފަރާތްތައް ޝޯޓް ލިސްޓްކުރެވޭނެއެވެ.

 

މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި  އިސްކަންދެވޭނެ ކަންކަން: 

- ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތަކާއި، ޝިފްޓް އުޞޫލުން އެކި ދަންފަޅީގައި މަސައްކަތްކުރެވޭނެ ފަރާތްތައް.

- ކުދިން ބެލެހެއްޓުމުގައި ތަޖުރިބާ ލިބިފައިހުރި ފަރާތްތައް.

- މަޑުމައިތިރިކަމާއެކު މުޢާމަލާތު ކުރެވޭ ފަރާތްތައް.

- އުމުރުން 25 އަހަރާއި 50 އަހަރާ ދެމެދުގެ އުމުރުފުރައިގެ ފަރާތްތައް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3027525 ނަންބަރު ފޯނަށް، ނުވަތަ 3027529 ނަންބަރު ފޯނަށެވެ.  

5 ޛުލްޤަޢިދާ 1437


08 އޮގަސްޓް 2016