ކުއްޔަށް ދިނުން
ނަންބަރު: (IUL)226-E/PRIV/2016/17
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 09:54
ސުންގަޑި: 15 އޮގަސްޓް 2016 11:00
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. އަތޮޅުގެ ފަޅުރަށްތައް ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ހދ. އަތޮޅުގެ ފަޅުރަށްތައް ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން:

ހދ. އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މި އަތޮޅުގެ ފަޅުރަށްތަކުގެ ތެރެއިން ތިރީގައިމިވާ ރަށްތައް ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރީމެވެ.

#

ރަށް

ހެކްޓަރ

1

ހދ. ކޭލަކުނު

80.23

2

ކައްޓަލަފުށި

2.3

3

ކަނަމަނަ

2.5

ވީމާ، މި ރަށްތައް ބެލެހެއްޓުމަށް އެދޭ ފަރާތްތަކުން، 2016 އޮގަސްޓު 15 ވާ ހޯމަދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 22 ވާ ހޯމަދުވަހުގެ 11:00 އަށް އަތޮޅު ކައުންސިލްގެ އިދާރާއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ މިފަދަ މަސައްކަތް ކޮންޓްރެކްޓް އުސޫލުންކުރާ ފަރާތްތަކުގެތެރެއިން އިކޮނޮމިކް މިނިސްޓްރީގައި ގަވާއިދުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުވާނަމަ އެފަރާތެއްގެ ސިޓީއާއެކު ހުށަހެޅުމުން ޤަބޫލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނެވުން އެދެމެވެ.

05 ޛުލްޤަޢިދާ 1437

08 އޮގަސްޓް 2016