ކުއްޔަށް ދިނުން
ނަންބަރު: (IUL)426-AA/426/2016/189
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 09:52
ސުންގަޑި: 18 އޮގަސްޓް 2016 13:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިޓީ ބާޒާރުން ފިހާރަތައް ކުއްޔަށް ދޫކުރުން

އިޢުލާން

ސިޓީ ބާޒާރުން ފިހާރަތައް ކުއްޔަށް ދޫކުރުން:

އައްޑޫސިޓީ ކައުންސިލާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން ހިތަދޫ އަވަށުގައި ޤާއިމުކުރާ "ސިޓީ ބާޒާރު" ގައި މިހާރު ޢިމާރާތްކޮށް ނިމިފައިވާ 10 ފިހާރައިގެ ތެރެއިން ކުއްޔަށް ދޫނުކުރެވި ވާ 6 ފިހާރަ ކުއްޔަށް ދޫކުރުމަށް އިޢުލާނުކުރަމެވެ.

އެކި ބާވަތުގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ކުއްޔަށް ދިނުމަށް ނިންމާފައިވާ މި ފިހާރަތަކަށް ޝައުޤުވެރިވާ ފަރާތްތަކުން ސިޓީ ބާޒާރުގެ ފިހާރަތައް ކުއްޔަށް ހޯދުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމުސެޓު ގަންނަން ލިބޭނީ އައްޑޫސިޓީ ކައުންސިލްގެ އިދާރާއިންނެވެ. ފޯމުސެޓެއްގެ އަގަކީ، -/150 (އެއްސަތޭކަ ފަންސާސް) ރުފިޔާއެވެ. ފޯމާއި ޕްރޮޕޯޒަލް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2016 އޮގަސްޓު 18 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ހޯލުގައެވެ.

01 ޛުލްޤަޢިދާ 1437

04 އޮގަސްޓް 2016