ކުއްޔަށް ދިނުން
ނަންބަރު: (IUL)256/2016/37
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 09:48
ސުންގަޑި: 04 ސެޕްޓެންބަރު 2016 13:30
ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެސްޓްހައުސް ހަދައި ހިންގުމަށް ބިން ކުއްޔަށްދޫކުރުން

އިޢުލާން

ބިޑް ހުށަހެޅުމުގެ ދަޢުވަތު

(ހ)

ގެސްޓްހައުސް ހަދައި ހިންގުމަށް ހއ. މުރައިދޫ ހުޅަނގު ދެކުނު ބީޗް ސަރަޙައްދުގައި އޮތް 45579 (ސާޅީސްފަސްހާސް ފަސްސަތޭކަ ފަސްދޮޅަސް ނުވައެއް) އަކަފޫޓުގެ ބިން 50 (ފަންސާސް) އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް، މުރައިދޫ ކައުންސިލްގެ ފަރާތުން ކަނޑައަޅައިފީމެވެ. އެ ބިން އޮތް ތަނާއި އެ ބިމުގެ ތަފުސީލު އަންގައިދޭ "ސައިޓް ޕްލޭން" މި ބިޑް ޑޮކިއުމަންޓްގެ ޖަދުވަލު 1 ގައި އެވަނީއެވެ.

(ށ)

އެ ބިމުގައި އަމިއްލަ ޚަރަދުގައި ގެސްޓްހައުސްއެއް ޢިމާރާތްކޮށް، އަދި އެ ގެސްޓްހައުސް ޢިމާރާތްކުރުމަށްފަހު އެ ގެސްޓްހައުސް ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި ބިޑް ޑޮކިއުމަންޓުގައި ބަޔާންކޮށްފައިވާގޮތަށް ތައްޔާރުކޮށް، ސިޓީއުރައެއްގައި ބަންދުކުރުމަށްފަހު، މި ބިޑް ޑޮކިއުމަންޓާ އެއްގޮތްވާ ގޮތުގެމަތިން، ބިޑް ހުށަހެޅުމަށް ދަޢުވަތު ދެމެވެ. މި ބިޑް ޑޮއިކުމެންޓުގައި ބަޔާންކޮށްފައިވާ ގޮތަށް ތައްޔާރުކޮށް، ބިޑް ހުށަހަޅާނީ، އެ ބިމުގައި އަމިއްލަ ޚަރަދުގައި ގެސްޓްހައުސްއެއް ޢިމާރާތްކޮށް، އެ ތަން ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް އެދިއެވެ.

(ނ)

ބިން ކުއްޔަށް ދޭނީ ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ތާރީޚުން ފެށިގެން 50 (ފަންސާސް) އަހަރުދުވަހުގެ މުއްދަތަށެވެ. އަދި، އެ 50 (ފަންސާސް) އަހަރުދުވަހުގެ މުއްދަތު ގުނާނީ، އެ ބިމުގައި ގެސްޓްހައުސް ޢިމާރާތްކުރަން ފެށުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ދެވޭ 24 (ސައުވީސް) މަސްދުވަހުގެ ގްރާސް ޕީރިއަޑް ހިމަނައިގެންނެވެ. އެކަން ކުއްޔަށްދިނުމުގެ އެއްބަސްވުމުގައި ބަޔާންކުރެވިގެންވާނެއެވެ.

(ރ)

ބިމުގައި އަމިއްލަ ޚަރަދުގައި ގެސްޓްހައުސްއެއް ޢިމާރާތްކޮށް، އެ ގެސްޓްހައުސް ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން، އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި، މި ބިޑް ޑޮކިއުމަންޓް ބެއްލެވުމަށާއި، މި ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކަށް، 4 އޮގަސްޓު 2016 އިން ފެށިގެން 4 ސެޕްޓެންބަރު 2016 ދުވަހުގެ 13:30 ގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން 13:00 އާ ދެމެދު އަންނަނިވި އެޑްރެހުގައި، އެކަން ހަމަޖެހިފައި ހުންނާނެއެވެ.

ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލްގެ އިދާރާ

މައިމަގު

ހއ. މުރައިދޫ 256

ދިވެހިރާއްޖެ

ޓެލެފޯނު ނަންބަރު: 6500032

6500032 :ފެކްސް ނަންބަރު

 [email protected]:އީމެއިލް އެޑްރެސް

(ބ)

މި ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން، އެކަމަށް އެދި ހުށަހަޅުއްވާނީ، ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު މެދުވެރިކޮށް މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ހއ. މުރައިދޫ ކައުންސިލްގެ އިދާރާއަށެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހއ. މުރައިދޫ ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.

(ޅ)

އަމިއްލަ ޚަރަދުގައި ބިމުގައި ގެސްޓްހައުސްއެއް ޢިމާރާތްކޮށް، އެ ގެސްޓްހައުސް ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބިގެންވަނީ، ދިވެހި ރައްޔިތުންނަށް ނުވަތަ ރާއްޖޭން ބޭރުގެ ޤައުމުތަކުގެ ރައްޔިތުންނަށް ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޕާޓްނަރޝިޕަކަށް ނުވަތަ ކުންފުންޏަކަށެވެ. މިއިން ޕާޓްނަރޝިޕެއްގައި ނުވަތަ ކުންފުންޏެއްގައި ބިދޭސީ ފަރާތެއްގެ ހިއްސާ އޮތުމަކީ މައްސަލައެއް ނޫނެވެ. މާނައަކީ، ދިވެހި ރައްޔިތުން ހިއްސާވާ ނުވަތަ ބިދޭސީން ހިއްސާވާ ޕާޓްނަރޝިޕަކަށް ނުވަތަ ކުންފުންޏަކަށްވެސް މި ބިޑްގައި ބައިވެރިވެވިދާނެއެވެ. ބިޑް ޑޮކިއުމަންޓް ގަންނަން ލިބޭނީ -/2,000 (ދެހާސް) ރުފިޔާއަށެވެ. ބިޑް ގަތުމަށް ޚަރަދުކުރާ ފައިސާއަކީ އަނބުރާދެވޭނެ ފައިސާއެއް ނޫނެވެ.

(ކ)

ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމާއެކުގައި އަންނަނިވި ތަކެތި ހުށަހަޅަންވާނެއެވެ.

 

(1)

ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ސޮއިކުރުމަށްފަހު ހުށަހަޅަނީ، އެ ފޯމު މެދުވެރިކޮށް ގަންނަ ބިޑް ޑޮކިއުމަންޓުގައިވާ ގޮތުގެމަތިން ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްނޫން އެހެން ފަރާތަކުން ކަމުގައިވާނަމަ، އޭނާ އެ ބިޑް ޑޮކިއުމަންޓް ގަތުމަށާއި ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމުގައި ސޮއިކުރުމަށް ބިޑް ހުށަހަޅަން ބޭނުންވާ ފަރާތުން ހުއްދަކުރާކަމުގެ ޕަވަރ އޮފް އެޓަރނީއެއް ފޯމާއެކު ހުށަހަޅަންވާނެއެވެ.

 

(2)

ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ކުންފުންޏަކުން ކަމުގައިވާނަމަ، އެ ކުންފުނީގެ ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ޕާޓްނަރޝިޕަކުންނަމަ، އެ ޕާޓްނަރޝިޕެއްގެ ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ވަކި ފަރުދަކު ކަމުގައިވާނަމަ، އެފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

 

(3)

ބިޑް ޑޮކިއުމަންޓް ގަތުމަށް ދައްކަންޖެހޭ އަގަށްވާ -/2،000 (ދެހާސް) ރުފިޔާގެ ނަގުދުފައިސާ މުރައިދޫ ކައުންސިލްގެ އިދާރާއަށް ދައްކަވަންވާނެއެވެ.

(އ)

ބިޑް ޑޮކިއުމަންޓް ގަތުމަށް ފައިސާ ދެއްކުމުން، އެ ފައިސާ ބަލައިގަތްކަމުގެ ރަސީދެއް ކައުންސިލްގެ އިދާރާއިން ދޫކުރާނެއެވެ. އަދި ގަންނަ ބިޑް ޑޮކިއުމަންޓްގެ ސުމާރު ނަންބަރު އެ ރަސީދުގައި ބަޔާންކޮށްފައި އޮންނާނެއެވެ.

(ވ)

ބިޑް ޑޮކިއުމަންޓާއި ބިޑްގެ ސުމާރު ނަންބަރަކީ ވަކިފަރާތަކަށް ސީދާ ދޫކުރެވޭ އެއްޗެއްކަމުގައިވާތީ، އެއީ އެހެން ފަރާތަކަށް ފަހުން ބަދަލުކުރެވޭނެ ނުވަތަ ނަގުލުކުރެވޭނެ އެއްޗެއް ނޫނެވެ.

(މ)

ބިޑް ހުށަހަޅާ ކޮންމެ ފަރާތަކުންވެސް އެ ބިޑްހުށަހަޅަނީ، އަމިއްލަ ޚަރަދުގައި ބިމުގައި ސިޓީ ހޮޓަލެއް ޢިމާރާތްކޮށް، އެ ގެސްޓްހައުސް ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށެވެ. އެހެންކަމުން، ބިން ކުއްޔަށް ހިފަން ވަކި ބިޑެއް، އަދި ގެސްޓްހައުސް ހަދަން ވަކި ބިޑެއް އެއްވެސް ފަރާތަކުން ހުށަހަޅާކަށް ނުޖެހޭނެއެވެ. ކޮންމެ ފަރާތަކުންވެސް މި ބިޑް ޑޮކިއުމަންޓާ އެއްގޮތަށް އެއް ބިޑް ހުށަހެޅުމުން އެ ބިޑް އެ ހުށަހެޅެނީ، އެ ދެ ކަންތައްވެސް ކުރުމަށް އެދި ކަމުގައި ބެލެވޭނެއެވެ.

(ފ)

ބިޑް ހުށަހެޅުމަށް ފޯމު ގަނެފައިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށްޓަކައި، 2016 ސެޕްޓެންބަރު 4 ވަނަ ދުވަހުގެ 13:00 ގައި ހއ. މުރައިދޫ ކައުންސިލްގެ އިދާރާގައި ޕްރީބިޑް ބައްދަލުވުމެއް އޮންނާނެއެވެ.

(ދ)

ބިޑް ހުށަހަޅަންޖެހޭނީ، ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 20 ވަަނަ ދުވަހުގެ 13:00 ގެ ކުރިން، ކައުންސިލްގެ އިދާރާއަށެވެ. ނުވަތަ އެކަންކުރުމަށް ކައުންސިލްގެ އިދާރާއިން ކަނޑައަޅައި، ދުރާލައި އާންމުކޮށް އަންގާ އެޑްރެހަކަށެވެ.

(ތ)

ބިޑް ހިމެނޭ ބަންދުކޮށްފައިވާ ސިޓީއުރަ ހުޅުވާނީ، ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި ނުވަތަ އެފަރާތްތަކުން ފޮނުވާ މަންދޫބުންގެ ހާޒިރުގައި ބާއްވާ ބައްދަލުވުމެއްގައި، 2016 އޮކްޓޫބަރު 20 ވަނަ ދުވަހުގެ 13:00 ގައި، ކައުންސިލްގެ އިދާރާގައެވެ. ނުވަތަ އެކަން ކުރުމަށް ކައުންސިލްގެ އިދާރާއިން ކަނޑައަޅައި، ދުރާލައި އާންމުކޮށް އަންގާފައިވާ އެޑްރެހެއްގައެވެ.

(ލ)

ބިޑް ހުށަހެޅުމަށް އޮތް އެއްވެސް އުސޫލަކަށް ބަދަލެއް އަންނަކަމަށްވާނަމަ، ބިޑް ފޯމު ގަނެފައިވާ އެންމެހައި ފަރާތްތަކަށް ކައުންސިލްގެ އިދާރާއިން ލިޔުމުން އެކަން އަންގަމުން، އަދި، އެކަން ދިވެހިރާއްޖޭގެ ގެޒެޓްގައި އާންމުކޮށް އިޢުލާނުކުރަމުން ގެންދަވާނެއެވެ.

04 އޮގަސްޓް 2016