ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)14-VDS/01/2016/46
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 09:24
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ޓެސްޓަރގެ ގޮތުގައި އިމްޕޯޓްކުރާ ސެންޓް އާބެހޭ

އިޢުލާން

ޓެސްޓަރގެ ގޮތުގައި އިމްޕޯޓުކުރާ ސެންޓާބެހޭ:

ޓެސްޓަރުގެ ގޮތުގައި އިމްޕޯޓުކުރާ ސެންޓުގެ ޑިކްލަރޭޝަން ނިންމުމާއި މުދާ ދޫކުރުމުގައި 15 އޮގަސްޓު 2016 އިން ފެށިގެން އަންނަނިވި ގޮތަށް ޢަމަލުކުރަން ނިންމައިފީމެވެ.

1. އޮރިޖިނަލް ސެންޓުގެ ޝިޕްމެންޓަކާއެކު އިމްޕޯޓުކުރާ ޓެސްޓަރއަށް ޑިއުޓީދައްކާނެ އަގު ކަނޑައަޅާނީ، އެ ބާވަތުގެ އޮރިޖިނަލް ސެންޓް އިމްޕޯޓުކޮށްފައިވާ އަގުގެ 50 އިންސައްތައެވެ. ޝިޕްމެންޓުގައި ހިމެނެނީ ހަމައެކަނި ޓެސްޓަރނަމަ ދުނިޔޭގެ ބާޒާރުގައި އެ ބާވަތުގެ ޓެސްޓަރ ލިބެން ހުންނަ އަގުތަކަށް ރިޢާޔަތްކޮށް 25 އިންސައްތަ އުނިކުރުމަށްފަހު އަގު ކަނޑައެޅޭނެއެވެ.

2. ޓެސްޓަރ ސެންޓުގެ ގޮތުގައި މުދާ ދޫކުރެވޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވާނަމައެވެ.

ހ. ޓެސްޓަރގެ ގޮތުގައި އިމްޕޯޓްކުރާ ސެންޓް ޑިކްލަރޭޝަންގައި ހިމެނިފައިހުރުން؛ އަދި އެތަކެއްޗަށް ހުށަހަޅާ އިންވޮއިސްގައި ޓެސްޓަރކަން ބަޔާންކޮށްފައި ހުރުން؛

ށ. ޓެސްޓަރ ސެންޓްފުޅީގައި "ޓެސްޓަރ" ނުވަތަ "ސާމްޕަލް" ނުވަތަ "ޑިމޮންސްޓްރޭޝަން" މިގޮތަށް ލޭބަލްކޮށްފައި ހުރުން؛

ނ. ޓެސްޓަރ ސެންޓުގެ ފުޅިތައް ބަންދުކޮށްފައިވާ ފޮށީގައި ލޭބަލްކޮށްފައި ނެތުން ނުވަތަ އެއްވެސް ފޮށްޓަކަށް ނުލައިހުރުން؛

ރ. ޓެސްޓަރ ސެންޓުގެ ފުޅީގައި މަތިގަނޑެއް ނެތުން ނުވަތަ އާދައިގެ މަތިގަނޑެއް ޖަހާފައިހުރުން؛

ބ. ޓެސްޓަރ ސެންޓާއި އޮރިޖިނަލް ސެންޓުގެ ފުޅީގެ ސީރިއަލް ނަންބަރު ތަފާތުވުން؛

ވީމާ، ޓެސްޓަރ ސެންޓުގެ ޑިކްލަރޭޝަން ނިންމުމާއި މުދާ ދޫކުރުމުގެ ކަންތައްތައް މަތީގައިވާ ގޮތުގެމަތީން ކުރެވޭނެކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

08 އޮގަސްޓް 2016