މަސައްކަތް
ނަންބަރު: (IUL)345-CAA/345/2016/ 34
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 09:05
ސުންގަޑި: 15 އޮގަސްޓް 2016 11:00
އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤަބުރަސްތާނުގެ ވަށާފާރު ރޭނުމާބެހޭ

އިޢުލާން

މިރަށުގެ ޤަބުރަސްތާނުގެ ވަށާފާރު ރޭނުމާބެހޭ

މިރަށުގެ ޤަބުރަސްތާނުގެ ވަށާފާރު މި އިދާރާއިން ދައްކާ މިންތަކަކަށް ފައުންޑޭޝަން އެޅުމާއި، ތަނބުޖެހުމާއި، މަތީބެރި އަޅައި ރާނައި ދެފަރާތުގައި ސިމެންތި ޖަހައިދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 15 ވާ ހޯމަދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 18 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅުއްވާނީ ސިޓިީއުރައެއްގައި ބަންދުކުރެއްވުމަށްފަހުގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ސަހަރާގެ މަގުފާރު ރޭނުމާބެހޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ.

އަންދާސީހިސާބު ހުށަހެޅޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހު ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކަށެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.                                 

5 ޛުލްޤަޢިދާ 1437

08 އޮގަސްޓް 2016