މުބާރާތް
ނަންބަރު: (IUL)218/1/2016/5
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 09:05
ސުންގަޑި: 21 އޮގަސްޓް 2016 13:00
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ލޯގޯ ފަރުމާކުރުމުގެ މުބާރާތް

އިޢުލާން

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ލޯގޯ ފަރުމާކުރުމުގެ މުބާރާތް

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ރަސްމީ ލޯގޯ ކަނޑައެޅުމަށްޓަކައި މުބާރާތެއްގެ ގޮތުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ލޯގޯ ފަރުމާކުރުމަށް މުޅި ރާއްޖެއަށް ހުޅުވާލަމެވެ. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަކީ 2000 ވަނަ އަހަރު ސަރުކާރުން އުފައްދާފައިވާ، ރާއްޖޭގައި ދޭ މަތީ ތަޢުލީމުގެ ފެންވަރު ހިފެހެއްޓުމުގެ ނިޒާމެއް އެކުލަވައިލައި، އެ ނިޒާމު ތަންފީޒުކޮށް މަތީ ތަޢުލީމުގެ ފެންވަރު ހިފެހެއްޓުމަށް އުފައްދާފައިވާ އިދާރާއެކެވެ.

މި މުބާރާތުގައި ބައިވެރިވެ އެންމެ ރަނގަޅު ލޯގޯއެއް ފަރުމާކޮށްގެން 1 ވަނައަށް ދާ ފަރާތަކަށް އިނާމެއްގެ ގޮތުގައި -/10,000 (ދިހަހާސް) ދިވެހި ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ ހުރިހާ އުމުރުފުރައަކަށް ހުޅުވާލައިގެން ކުރިއަށް ގެންދެވޭ މުބާރާތެކެވެ.

ވީމާ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ލޯގޯ ފަރުމާކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮގަސްޓު 21 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ފަރުމާކޮށްފައިވާ ލޯގޯ މި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "ލޯގޯ ފަރުމާކުރުމުގެ މުބާރާތް" ޖައްސަވަންވާނެއެވެ.

ހުށަހަޅާ ލޯގޯގެ ކުލަ އަދި ބްލެކް އެންޑް ވައިޓް ހާޑްކޮޕީއާއި ސޮފްޓްކޮޕީ (ސޮފްޓްކޮޕީގެ ގޮތުގައި އޭގެ އޮރިޖިނަލް އަދި ވެކްޓަރ ފައިލްސް) ހުށަހަޅަންވާނެއެވެ.

ލޯގޯ ފަރުމާ ކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތައް

  1. ފަރުމާކުރެވޭ ލޯގޯއިން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަސައްކަތް ރަމްޒުކޮށްދިނުން.

  2. ކުލަކޮށް، މޮނޮޓޯނަސްކޮށް ވީޑިއޯ މައްޗަށް ސުޕަރއިމްޕޯސް ކުރެވޭގޮތަށް ތައްޔާރުކޮށްފައިވުން. (އެއް ސްކުއަރ ސެންޓިމީޓަރަށް ކުޑަކުރި ކަމުގައިވިޔަސް އޭގެ އަސްލު ނުގެއްލޭނޭ ގޮތަށް ނުވަތަ ވީޑިއޯ ޑިސްޓަރބް ނުވާނެ ގޮތަށް)

  3. ތުރީޑީ (3D) ކޮށް އެނިމޭޓްކުރެވޭނެ ގޮތަށް ހުރުން. (އެނިމޭޓްކޮށްފައިވާ ލޯގޯ ހުށަހަޅާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)

  4. އެމްބޯސްކުރަންޖެހޭ ހާލަތްތަކުގައި އެމްބޯސްކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވުން.

  5. ކުލައިގެ ގޮތުގައި ވަކި ކުލައެއް ބޭނުންކުރުން ކޮންމެހެން މުހިންމެއް ނޫނެވެ. (މީގައި ކުލަތައް އެއްވަރަށް ބޭނުންކުރުން މުހިންމެއް ނޫނެވެ. މާނައެއް ދޭހަވާ ގޮތަށް ހުރިހާ ކުލަތައް ރަމްޒުކުރެވިފައި، ރީތި ކޮމްބިނޭޝަނެއްގައި ކުލަތައް ހުރުމުން ފުދޭނެއެވެ.)

  6. ލޯގޯގައި "Quality Assured Education" "ފެންވަރު، ކަށަވަރު، ތަޢުލީމު" މި ޝިޢާރު އިނގިރޭސިބަހުން އަދި ދިވެހިބަހުން ހިމެނުން.

  7. ލޯގޯގައި ދިވެހިބަހުންނާއި އިނގިރޭސިބަހުން "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ" ނަން ހިމެނުން.

މި މުބާރާތުން 1 ވަނައަށް އަންނަ ލޯގޯއަކީ މި އިދާރާގެ ލޯގޯގެ ގޮތުގައި ބޭނުންކުރާނެ ލޯގޯއަކަށް ވާތީ، އެ ލޯގޯގެ ހުރިހާ އިޚުތިޔާރެއް (ކޮޕީރައިޓް) ލިބިގެންދަނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 3344077 އަށް ގުޅުއްވުން އެދެމެވެ.

08 އޮގަސްޓް 2016