ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
އެޑްމިނިސްޓްރޭޓިވް އޮފިސަރަކު ހޯދުމަށް 14 ޖުލައި 2016 ގައި ކުރެވުނު އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ، އެ އިޢުލާން ބާޠިލްކޮށް، އެ މަޤާމަށް މީހަކު ހޯދުމަށްޓަކައި އަލުން އިޢުލާން ކުރަމެވެ.
މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
މަޤާމުގެ ގިންތި: ދާއިމީ
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ރޭންކް: ޖީ. އެސް. 3
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
ވަޒީފާ އަދާކުރަންޖެހޭ ތަން: ގއ. ކޮނޑޭ މެޖިސްޓްރޭޓް ކޯޓް
މަޤާމުގެ އަސާސީ މުސާރަ: މަހަކު -/4465 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)
ސަރވިސް އެލަވަންސް: މަހަކު -/1500 (ފަނަރަސަތޭކަ ރުފިޔާ)
ލިވިންގ އެލަވަންސް: މަހަކު -/2550 (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)
ޖުޑީޝަލް އެލަވަންސް: އަސާސީ މުސާރައިގެ %20 (މަހަކު)
އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
މަޤާމުގެ ޝަރުތު:
1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛
2. މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، ޖީ. އެސް. 2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
ވަޒީފާއަށް އެންމެ ޤާބިލް ފަރާތް ހޮވުމަށް، ހާސިލުކޮށްފައިވާ ތަޢުލީމަށާއި، ތަމްރީނަށާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި، ޤާބިލްކަން ކަށަވަރުކުރުމަށްޓަކައި އިންޓަވިއު ކުރެވޭނެއެވެ. އަދި ވަޒީފާއަށް ބޭނުންވާ ހުނަރަށް މީހާ ޤާބިލުވެފައިވާ މިންވަރު ބެލުމަށް ޢަމަލީ އިމްތިޙާނެއް ދެވޭނެއެވެ.
މަޤާމުގެ މައިގަނޑު މަސައްކަތް:
ކޯޓުގެ ޝަރުޢީ އެންމެހައި މަސައްކަތްތަކާއި، އިދާރީ އެންމެހައި މަސައްކަތް.
ހުށަހަޅަންޖެހޭ ތަކެތި:
1. ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު (މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު، ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި www.judiciary.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
2. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
5. ސެޓުފިކެޓު ލެވެލްގެ ކޯހެއް ފުރިހަމަކޮށް ސެޓުފިކެޓު ލިބިފައިނުވާ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ކޯހުގެ ލެވެލް ބަޔާންކުރައްވައި ދޫކުރައްވާފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
6. އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، އަދާކުރި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެ ގޮތް:
މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، މަތީގައިވާ ލިޔުންތައް، 2016 އޮގަސްޓު 23 ވާ އަންގާރަ ދުވަހުގެ 15:00 ކުރިން، ގއ. ކޮނޑޭ މެޖިސްޓްރޭޓު ކޯޓަށް ހުށަހެޅުން އެދެމެވެ.
5 ޛުލްޤަޢިދާ 1437