މަސައްކަތް
ނަންބަރު: (IUL)219-CA/1/2016/20
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 17:37
ސުންގަޑި: 11 އޮގަސްޓް 2016 00:00
މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ކައުންސިލުގެ ނަންބަރު: (IUL)219-CA/1/2016/19 (14 ޖުލައި 2016) އިޢުލާނާ ގުޅިގެން، އެކަށީގެންވާ ވަރަށް މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ. 

މި ކައުންސިލުގެ ބޭނުމަށް އެކި މައްސަލަތަކާ ގުޅޭގޮތުން ޤާނޫނީ ލަފާދިނުމާއި، ޤާނޫނީ ގޮތުން ކުރަންޖެހޭ ބައެއް އެހެނިހެން ކަންތައްތައް ކޮންޓްރެކްޓް އުސޫލުން 6 މަސްދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. 

ކުރަންޖެހޭ މައިގަނޑު ކަންތައްތައް

  1. މީޑިއާ ކައުންސިލަށް ބޭނުންވާ ކަންކަމުގައި ޤާނޫނީ ލަފާދިނުން.
  2. އެކުލަވައިލާ ގަވާއިދުތަކަށް ޤާނޫނީ ލަފާދިނުން.
  3. އެކުލަވައިލެވޭ އައު ޤާނޫނު/ ބިލުތަކުގެ ތެރެއިން މީޑިއާ ކައުންސިލާ ގުޅުންހުރި ޤާނޫނު/ ބިލުތަކުގެ އެނެލައިސިސްއާއެކު ޤާނޫނީ ލަފާދިނުން.
  4. މީޑިއާ ކައުންސިލުގެ ފަރާތުން ކޯޓުގައި ވަކާލާތުކުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ކައުންސިލުގެ ފަރާތުން ވަކާލާތުކުރުން.
  5. ތަރުޖަމާކުރަން ޖެހިއްޖެ ހާލަތެއްގައި، ޑޮކިއުމަންޓް (ދިވެހި/ އިނގިރޭސި) ތަރުޖަމާކުރުން.

ވީމާ، މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 11 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މި ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮގަސްޓު 15 ވާ ހޯމަ ދުވަހުގެ މެންދުރު 11:00 އަށް މި ކައުންސިލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

1 ޛުލްޤަޢިދާ 1437

07 އޮގަސްޓް 2016