ވަޒީފާގެ ފުރުޞަތު
ނަންބަރު: ADMINHR-MPL/2016/92
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 17:18
ސުންގަޑި: 08 އޮގަސްޓް 2016 14:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އެޓޯލްސް އޮފިސަރ ޓްރެއިނީ

                                                 އިޢުލާން

މަޤާމު:

އެޓޯލްސް އޮފިސަރ ޓްރެއިނީގެ މަޤާމުގައި  ގިނަވެގެން 1 މަސްދުވަހުގެ މުއްދަތަށް މަސައްކަތްކުރާނެ ފަރާތެއް. (ކުންފުނިން ބޭނުންވެއްޖެނަމަ މަސައްކަތްކުރާ މުއްދަތު އިތުރުކުރާ ގޮތަށް)

ބޭނުންވާ އަދަދު :

01

މުސާރަ:

  1. -/4401 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ އެއް ރުފިޔާ)
  2. އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސަރވިސް އެލަވަންސް :

  1. -/1890 ރުފިޔާ (އެއްހާސް އަށްސަތޭކަ ނުވަދިހަ ރުފިޔާ)

 

އޮފީސް:

ލ. ފޮނަދޫ ޕޯސްޓް އޮފީސް

މަޤާމުގެ ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް ނުވަތަ އޭލެވެލްގެ މަސައްކަތާ ގުޅޭ މާއްދާއަކުން ދަށްވެގެން ސީ ފާސް ލިބިފައިވުމާއެކު އިނގިރޭސިބަހާއި ދިވެހިބަހުން ދަށްވެގެން ސީ ފާސް ލިބިފައިވުމާއި ކުރެވޭ އިންޓަރވިއުއިން ފާސްވުން ނުވަތަ؛
  • ގްރޭޑް 8ގެ ފެންވަރު ހުރުމާއި ކުރެވޭ އިންޓަރވިއުއިން ފާސްވުން.
  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަނގަޅަށް ބޭނުންކުރަން އެނގުން
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައިވުން
  • ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބެލެމުންދާ މީހަކު ކަމުގައި ނުވުން
  • މި ވަޒީފާއަށް މީހުން ހޮވުމުގައި އޮފީހުގައި ޚިދުމަތްތައް ފޯރުވައިދިނުމުގެ އިތުރުން އިދާރީ މަސައްކަތްތަކާއި، ފައިސާގެ މަސައްކަތްތަކާއި، މޭލް ބެހުމާއި މޭލް ބޭގުތައް ހަވާލުވުމާއި އަދި ފޮނުވުން ފަދަ މަސައްކަތްތަކަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށް އެދި ހުށަހަޅާ ސިޓީ (ސިޓީގައި އިއުލާން ނަންބަރާއެކު)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވަޑައިގަންނަވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2016 އޮގަސްޓު 8 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ހެޑްއޮފީހުގެ ފެކްސް ނަންބަރު 3321559 ފެކްސް ކުރެއްވުން އެދެމެވެ. ލ.ފޮނަދޫއިން ނަމަ، ލ.ފޮނަދޫ ޕޯސްޓް އޮފީހަށް ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި މަޤާމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު އަދި ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލު ކުރެވޭނެއެވެ. އަދި އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ސިޓީ އެޑްރެސްކުރައްވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

ފޯނު: 3009272،3009273،3009274

ފެކްސް: 3321559

 

04 އޮގަސްޓް 2016