މަސައްކަތް
ނަންބަރު: (IUL)438-POLPU/438/2016/183
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 16:18
ސުންގަޑި: 18 އޮގަސްޓް 2016 10:30
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޓެއިލާރ މޭޑް ފައިނޭންޝިއަލް މެނޭޖްމަންޓް ޓްރޭނިންގ ޕްރޮގްރާމް

ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

ޓެއިލާރ މޭޑް ފައިނޭންޝިއަލް މެނޭޖްމަންޓް ޓްރޭނިންގ ޕްރޮގްރާމް

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން ޓެއިލާރ މޭޑް ފައިނޭންޝިއަލް މެނޭޖްމަންޓް ޓްރޭނިންގ ޕްރޮގްރާމެއް ހިންގައި ދޭނެ ފަރާތެއް ހޯދުމަށް 16 ޖޫން 2016 ގައި ކުރެވުނެ ނަންބަރު: (IUL)438-POLPU/438/2016/154 ބީލަމުގެ މަރުޙަލާގައި މައްސަލަތަކެއް ހުރުމާ ގުޅިގެން އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ދިވެހިސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން ޓެއިލަރ މޭޑް ފައިނޭންޝިއަލް މެނޭޖްމަންޓް ޓްރޭނިންގ ޕްރޮގުރާމެއް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި ޓްރޭނިންގ ޕްރޮގުރާމުގެ މަޤުޞަދަކީ މި މިނިސްޓްރީގެ މުވައްޒިފުންގެ ފައިނޭންޝިއަލް މެނޭޖްމަންޓްގެ ދާއިރާ ފަންނީ ޤާބިލުކަން އިތުރުކުމެވެ. މި ޓްރޭނިންގ ޕްރޮގުރާމު ހިންގުމަށް ހަމަޖެހިފައިވަނީ މި މިނިސްޓްރީގެ 10 މުވައްޒަފުންނަށެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީން އަރުވަމެވެ.

މި މަސައްކަތުގެ "ބިޑް ޑޮކިއުމަންޓް "މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް ބޭނުންވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

މި ބީލަމުގައި ބައިވެރިވަޑައިގެންނެވުމަށް ޝައުޤުވެރިވާ ފަރާތްތައް [email protected]  އަށް މެއިލް ކުރައްވައިގެން ރަޖިސްޓަރީ ކުރަންވާނެއެވެ. ރަޖިސްޓަރީ ނުކުރާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.  ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރެވޭނެ އެންމެފަހު ތާރީޚަކީ 15 އޮގަސްޓު 2016 އެވެ.

ބީލަން ހުޅުވުން

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 އޮގަސްޓް 18 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައި މި މަސައްކަތަށް ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީއުރައެއްގައި ބަންދުކޮށް ތިރީގައިވާގޮތަށް ޖެއްސެވުމަށްފަހު 2016 އޮގަސްޓު 18 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި ހުށަހެޅުއްވުން އެދެމެވެ.

"ޓެއިލާރ މޭޑް ފައިނޭންޝިއަލް މެނޭޖްމަންޓް ޓްރޭނިންގ ޕްރޮގްރާމުގެ އިޢުލާނު ނަންބަރު: (IUL)438-POLPU/438/2016/183"

އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

 

 

04 އޮގަސްޓް 2016