ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 164/1/2016/35
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 15:03
ސުންގަޑި: 16 އޮގަސްޓް 2016 14:00
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
އައި.ސީ.ޓީ ޓްރެއިނަރ

ކޮމިއުނިޓީ އީ – ސެންޓަރ ޕްރޮޖެކްޓަށް މީހުން ބޭނުންވެއްޖެ

 

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ބެލުމުގެ ދަށުން ހިންގާ ކޮމިއުނިޓީ އީ – ސެންޓަރ ޕްރޮޖެކްޓްގައި މަސައްކަތްކުރާނެ ހީވާގި، ޤާބިލު، މަސައްކަތައް ޝައުޤުވެރިކަންހުރި މީހުން ހޯދަން ބޭނުންވެއެވެ.

ބޭނުންވާ މަޤާމު:

އައި.ސީ.ޓީ ޓްރެއިނަރ

ބޭނުންވާ އަދަދު:

01 (އެކެއް)

މަސައްކަތުގެ މުއްދަތު:

1 (އެކެއް) އަހަރު (މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު މުއްދަތު އިތުރު ކުރެވޭނެ)

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 08:00 މެންދުރުފަހު 2:00 (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 4:00 ވަންދެން މަސައްކަތް ކުރެވެންވާނެއެވެ.)

އުޖޫރަ:

މަހަކު -/7,500 ރުފިޔާ

ފެންވަރު/ޝަރުޠު

ޖީ.ސީ.އީ އޯ ލެވެލް ގެ 3 (ތިނެއް) މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއި، އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާގެ އަސާސީ ތަޢުލީމު ލިބިފައިވުމާއި، ކަނޑުމަގުންނާއި ވައިގެމަގުން ރަށްރަށަށް ދަތުރުކުރުމާއި، ގިނަ ވަގުތު މާލެއިން ބޭރުގައި މަސައްކަތް ކުރެވުން.

(މި މަސައްކަތަށް ބޭނުންވާ ފެންވަރާއި ޝަރުޠުގެ އިތުރު ތަފުސީލު އަދި "ޓާމްސް އޮފް ރިފަރެންސް" މި އޮފީހުގެ ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެއެވެ.)

މައިގަނޑު މަސައްކަތްތައް:

  1. އިންފޮމޭޝަން ޓެކްނޯލޮޖީގެ އަސާސީ ތަމްރީންތައް ކޮމިއުނިޓީ އީ-ސެންޓަރ އޮޕަރޭޓްކުރާ ފަރާތްތަކަށާއި ރަށު ކައުންސިލުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ދިނުން.
  2. އިންފޮމޭޝަން ޓެކްނޯލޮޖީގެ އަސާސީ ތަމްރީންތައް އާންމު ރައްޔިތުންނަށް ދިނުން.
  3. ޓްރޭނިންތައް ހަމަޖައްސައި ހިންގުމަށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ދުވަހުން ދުވަހަށް ކުރުންް.
  4. ހިންގާ ޓްރޭނިންގ ޕްރޮގްރާމްތަކާ ގުޅޭގޮތުން، ބަލަހައްޓަންޖެހޭ އެންމެހައި ލިޔެކިއުންތައް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ބެލެހެއްޓުން.
  5. އަމިއްލަ އިސްނެގުމާއެކު ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން.
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓކޮށްފައިވާ)
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  5. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ.

ހުށަހަޅަންޖެހޭ ތާރީޚު: މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ބޭފުޅުން 2016 އޮގަސްޓު 16 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކާއެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މި އޮފީހުގެ އީމެއިލަށް ([email protected]) ފޮނުއްވުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 4000 334 (960) މި ނަންބަރަށެވެ.

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 4000 334 (960) ، ފެކްސް ނަންބަރު: 4004 334 (960)

އީމޭލް އެޑްރެސް: [email protected]   

ވެބްސައިޓް: www.ncit.gov.mv

01 ޛުލްޤަޢިދާ 1437

 

 

04 އޮގަސްޓް 2016