ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)138-AS6/1/2016/155
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 14:19
ސުންގަޑި: 08 އޮގަސްޓް 2016 00:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ކެމެރާ އަދި ކެމެރާ ލެންސް ހޯދުމާބެހޭ

އިޢުލާން

މި މިނިސްޓްރީއަށް ބޭނުންވާ ކެމެރާ އަދި ކެމެރާލެންސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު 6/2016/68(IUL)138-AS އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އަލުން އެ ފުރުސަތު ހުޅުވާލަމެވެ.    

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 08 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 14 ވަނަ ދުވަހުގެ މެންދުރު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

މި އިޢުލާނާބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

1 ޛުލްޤަޢިދާ 1437

04 އޮގަސްޓް 2016