މަސައްކަތް
ނަންބަރު: (IUL) 28-FA-1/1/2016/ 64
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 09 އޮގަސްޓް 2016 11:30
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
ޅ.މާފިލާފުށީގައި ޤާއިމުކޮށްފައިވާ މަރުކަޒުގައި މިހާރު ހުރި އާރު.އޯ ޕްލާންޓެއް އަޕްގްރޭޑްކުރުމަށާއި، އިތުރު އާރް.އޯ ޕްލާންޓެއް ސަޕްލައިކޮށް އިންސްޓޯލްކުރުމަށާއި، މިރަށުގައި ސީ ވޯޓަރ ޕައިޕް ލައިން އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ޅ.މާފިލާފުށީގައި ޤާއިމުކޮށްފައިވާ މަރުކަޒުގައި މިހާރު ހުރި އާރު.އޯ ޕްލާންޓެއް އަޕްގްރޭޑްކުރުމަށާއި، އިތުރު އާރް.އޯ ޕްލާންޓެއް ސަޕްލައިކޮށް އިންސްޓޯލްކުރުމަށާއި، މިރަށުގައި ސީ ވޯޓަރ ޕައިޕް ލައިން އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދޭން އެދޭ ފަރާތްތަކުން 2016 އޮގަސްޓު 9 ވަނަ ދުވަހުގެ 11:30 އަށް މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވުމަށްފަހު 2016 އޮގަސްޓު 15 ވަނަ ދުވަހުގެ 11:30 އަށް މިމިނިސްޓްރީއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.

29 ޝައްވާލް 1437

03 އޮގަސްޓް 2016