މަސައްކަތް
ނަންބަރު: (IUL)138-AS6/1/2016/157
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި: 08 އޮގަސްޓް 2016 00:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އިންފޮމޭޝަން ސިސްޓަމެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މި މިނިސްޓްރީއަށް ބޭނުންވާ އިންފޮމޭޝަން ސިސްޓަމެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)138-AS6/2016/141 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.   

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 8 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 14 ވަނަ ދުވަހުގެ 14:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.

01 ޛުލްޤަޢިދާ 1437

04 އޮގަސްޓް 2016