ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-ES/1/2016/110
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 11:03
ސުންގަޑި: 15 އޮގަސްޓް 2016 13:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ސީ.ޑީ.ސީ އިންފުލުއެންޒާ ގްރާންޓުގެ ދަށުން ހެލްތު ޕްރޮޓެކްޝަން އެޖެންސީގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ސެނެޓަލް ސަރވެއިލަންސް ފޯކަލް ޕޮއިންޓް

މީހުން ބޭނުންވާ އަދަދު

01

ކޮންޓްރެކްޓުގެ މުއްދަތު

1 އަހަރު (މުވައްޒަފުގެ މަސައްކަތުގެ ޕާފޯމަންސްއަށް ބެލުމަށްފަހު ދެފަރާތުން އެއްބަސްވާނަމަ ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރެވޭނެއެވެ.)

މުސާރަ

މަހަކު -/7000 ރުފިޔާ

އެހެނިހެން އިނާޔަތްތައް

ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ އެލަވަންސް ލިބޭނެއެވެ.

އަދި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކު ރިސްކް އެލަވަންސުގެ ގޮތުގައި -/100 ރުފިޔާ ލިބޭނެއެވެ.

މަސައްކަތްކުރަންޖެހޭ ތަން

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް)

ތަޢުލީމާއި ތަޖުރިބާ

  1. ޑިޕްލޮމާއިން ޕްރައިމަރީ ހެލްތު ކެއަރ ކޯސް ފުރިހަމަ ކުރައްވާފައިވުމާއެކު، ޖީ.ސީ.އީ އޯލެވެލް ގެ 'ހިސާބު' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

(މައިކްރޯސޮފް ޕެކޭޖް ފަރިތަކަމާއެކު ބޭނުންކުރަން އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

- ހަމަޖެހިފައިވާ ވޯޑްތަކުންނާއި އޯ ޕީ ޑީ ތަކުން އިންފުލުއެންޒާއަށް ސާމްޕަލް ހޯދުމަށް ސަވަލައިންސްކުރުން 

- އިންފުލުއެންޒާގެ ކްރައިޓީރިޔާއަށް ނިސްބަތްވާ އެންމެހައި ބަލިމީހުންގެ މަޢުލޫމާތު އެއްކުރުން

- އިންފުލުއެންޒާ ޑޭޓާބޭސްއަށް ޑޭޓާ އެޅުން

- އިތުރަށް އިންފުލުއެންޒާއަށް ޓެސްޓްކުރުމަށް ސާމްޕަލް ނެގޭ ސެންޓިނެލް ސައިޓްސްތައް ކަމުގައިވާ އޭ ޑީ ކޭ އަދި ހުޅުމާލެ ހޮސްޕިޓަލުގެ ފޯކަލް ޕޮއިންޓާއެކު މަސައްކަތްކުރުމާއި އެހީތެރިވުން

- ޕްރޮޖެކްޓުގެ ދަށުން ހިނގާ ތަމްރީނު ބައްދަލުވުންތަކާއި ސެޝަންތައް ހަމަޖެއްސުމާއި ހިންގުމުގައި ބައިވެރިވުން

- ސީ.ޑީ.ސީ ގްރާންޓުގެ ދަށުން އިންފުލުއެންޒާ ސާރވޭލަންސް ޕްރޮޖެކްޓުގެ އެންމެހައި އިދާރީ ކަންތައްތައް ކުރުމާއި، ޕްރޮޖެކްޓް ހިންގުމުގައި ޕްރޮޖެކްޓް ކޯޑިނޭޓަރާއެކު މަސައްކަތްކުރުމެވެ.

މަޤާމު

ޕްރޮޖެކްޓް އޮފިސަރ

މީހުން ބޭނުންވާ އަދަދު

01

ކޮންޓްރެކްޓްގެ މުއްދަތު

1 އަހަރު (މުވައްޒަފުގެ މަސައްކަތުގެ ޕާފޯމަންސްއަށް ބެލުމަށްފަހު ދެފަރާތުން އެއްބަސްވާނަމަ ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރެވޭނެއެވެ.)

މުސާރަ

މަހަކު -/10,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ހެލްތު ޕްރޮޓެކްޝަން އެޖެންސީ

ތަޢުލީމާއި ތަޖުރިބާ

  1. ޕަބްލިކް ހެލްތު ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  2. މަތީ ސާނަވީ އިމްތިޙާނުން 3 މާއްދާއިން ފާސްވެފައިވުމާއެކު، ޖީ.ސީ.އީ އޯލެވެލް ގެ 'ހިސާބު' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
  3. ޕްރޮޖެކްޓް ނުވަތަ އިދާރީ ދާއިރާގައި މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 (މައިކްރޯސޮފްޓް ޕެކޭޖް ފަރިތަކަމާއެކު ބޭނުންކުރަން އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

- އިންފުލުއެންޒާއަށް ޓެސްޓުކުރުމަށް ސާމްޕަލް ނެގޭ ސެންޓިނެލް ސައިޓްސް (އައި ޖީ އެމް އެޗް، އޭ ޑީ ކޭ، ހުޅުމާލެ ހޮސްޕިޓަލް) އިން ސާމްޕަލް ނެގޭ މިންވަރު މޮނިޓަރ ކުރުމާއި، މިބަލީގެ ކްރައިޓީރިޔާއަށް ފެތޭ ޖުމްލަ ބަލިމީހުންގެ އަދަދުގެ ރެކޯޑު ބެލެހެއްޓުން

- އިންފުލުއެންޒާ ޑޭޓާބޭސް ބެލެހެއްޓުމާއި، މި ޑޭޓާބޭސްއިން ރިޕޯޓް އެކުލަވާލުމަށްފަހު ގުޅުންހުރި ފަރާތްތަކަށް ރިޕޯޓު ހިއްސާކުރުން

- ސެންޓިނެލް ސައިޓްތަކުގެ މަސައްކަތްތައް ލުއިކޮށްދިނުމަށް މަސައްކަތްކުރުން

- ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ އިންފުލުއެންޒާ ސަވައިލަންސް ޕްލެޓްފޯމުތަކަށް ރާއްޖޭގެ ޑޭޓާ އެއްކުރުން

- ޕްރޮޖެކްޓުގެ ދަށުން ތަކެތި ހޯދުމުގެ އިންތިޒާމު ހަމަޖެއްސުން

- ޕޯސްޓަރ ލީފްލެޓް ފަދަ ތަކެތި ކޮރެލް ޑްރޯ އެޕްލިކޭޝަން، އިންޑިޒައިން އެޕްލިކޭޝަން ބޭނުންކޮށްގެން ތައްޔާރުކުރުން

- ސީ.ޑީ.ސީ ގްރާންޓުގެ ދަށުން އިންފުލުއެންޒާ ސާރވޭލަންސް ޕްރޮޖެކްޓުގެ އެންމެހައި އިދާރީ ކަންތައްތައް ކުރުމާއި، ޕްރޮޖެކްޓް ހިންގުމުގައި ޕްރޮޖެކްޓް ކޯޑިނޭޓަރާއެކު މަސައްކަތްކުރުން.

މަސައްކަތް ކުރަންޖެހޭ ގަޑި

ހެނދުނު 8:00 އިން 14:00 އަށް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދޭ ސިޓީ
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ވަނަވަރު (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ ކޮޕީ)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ ކޮޕީ)
  4. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ސާބިތުކޮށްދޭ ލިޔުމާއި، ކުރިން ވަޒީފާ އަދާކޮށްފައިވާ ތަނެއްގެ ރެފަރެންސް ލިޔުމުގެ ކޮޕީ

ސުންގަޑި

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 15 ވާ ހޯމަދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2016 ވަނަ އަހަރުގެ އޮގަސްޓުމަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) ގައި.

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

- މި ވަޒީފާގެ "ޓީ އޯ އާރ" މިމިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014326 އެވެ.

02 އޮގަސްޓް 2016