ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-ES/1/2016/95
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 10:50
ސުންގަޑި: 15 އޮގަސްޓް 2016 13:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

ހެލްތު ޕްރޮޓެކްޝަން އެޖެންސީގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

މަސައްކަތު

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސަޓާފް ގްރޭޑް 1

ރޭންކް: SS1

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ޑިވިޝަން / ސެކްޝަން

ހެލްތު ޕްރޮޓެކްޝަން އެޖެންސީ / ޕޯޓް ހެލްތު ޔުނިޓް

ތަޢުލީމާއި ތަޖުރިބާ

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މާލޭ ކޮމާޝަލް ހާބަރ (ސީޕޯޓް) އަދި ހުޅުލެ (އެއަރޕޯޓް) ގެ މި އެޖެންސީގެ ދަށުން ހިނގަމުންދާ ބައި ކޮންމެ ދުވަހަކު ސާފުކޮށް ކުނި އުކާލުމަށް ކުރަންޖެހޭ މަސައްކަތް ނިންމުން.
  2. ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަތޮޅުތަކަށް ފޮނުވަންޖެހޭ ތަކެއްޗާއި ގެންނަ ތަކެތި މިމަސައްކަތް ހަވާލުވެފައިވާ ސްޕަވައިޒަރުގެ ލަފާގެ މަތިން އަތޮޅުތަކަށް ފޮނުވުމުގައި ކުރަންޖެހޭ މަސައްކަތްކުރުން.
  3. ހެލްތު ޕްރޮޓެކްޝަން އެޖެންސީން ޕްރޮގްރާމްތަކުން ބަލަހައްޓާ ކޮންޓްރާސެޕްޓިވް ބޭސް އަދި ވެކްސިނާ ގުޅޭގޮތުން ގުދަނާއި ކޯލްޑްރޫމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން
  4. ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން ސަރުކާރާއި އަމިއްލަ ތަންތަނަށް ފޯރުކޮށްދޭންޖެހޭ ތަކެތި ސްޕަވައިޒަރުގެ ލަފާގެ މަތިން ގެންދިއުމާއި ގެނައުން.
  5. ކޮންމެ ދުވަހަކު ޕޯޓްތަކުގެ މަސައްކަތް ނިންމުމަށްފަހު މި އެޖެންސީން އަންގާގޮތެއްގެ މަތިން ސަޕްލައި ސެކްޝަންގައި ކުރަންޖެހޭ މަސައްކަތްކުރުން.

މަޤާމު

ޕަބްލިކް ހެލްތު ޕްރޮގްރާމް އެސިސްޓެންޓް

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ސްޕެޝިއަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

ޑިވިޝަން / ސެކްޝަން

ހެލްތު ޕްރޮޓެކްޝަން އެޖެންސީ / ޕޯރޓް ހެލްތު ޔުނިޓް

ތަޢުލީމާއި ތަޖުރިބާ

 

1. ޕަބްލިކް ހެލްތު / ކްލިނިކަލްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕަބްލިކް ހެލްތު / ކްލިނިކަލްގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އިންޓަރނޭޝަނަލް ހެލްތު ރެގިޔުލޭޝަން (އައި. އެޗް. އާރު (2005) އާއި ބައިނަލްއަޤްވާމީ ހަމަތަކާއި އުސޫލުތަކާއި އާންމު ޞިއްޙަތުގެ ޤާނޫނުގެ ދަށުން ޕޯޓްހެލްތު ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ރާއްޖެއިން ބޭރުން އަންނަ އަދި ފުރާ އުޅަނދުފަހަރަށް ހެލްތު ކްލިއަރެންސް ދިނުމާއި، ޞިއްޙީމިންގަނޑުތައް ބެލުމާއި، ސެނިޓޭޝަން ސެޓުފިކެޓު އިޝޫކުރުމާއި، އަދިވެސް އިންޓަރނޭޝަނަލް ހެލްތު ރެގިޔުލޭޝަންގެ ދަށުން ކުރަންޖެހޭ ކަންތައްތައް ކުރުން
  2. އައި.އެޗް.އާރ. ގެ ދަށުން އެއް ޤައުމަކުން އަނެއް ޤައުމަށް ފެތުރޭކަމަށް ކަނޑައެޅިފައިވާ ބަލިތައް އުޅޭ ޤައުމުތަކުން އެބަލި ނެތް ޤައުމު ކަމަށްވާ ދިވެހިރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންނާއި، ދަތުރުވެރިން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިފައިވާކަން ކަށަވަރު ކުރުން
  3. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިއެއް ނުވަތަ ދަތުރުވެރިއެއްގެ ކިބައިން ނުރައްކާތެރި ގައިން ގަޔަށް އަރާ ބަލިތައް ހުރިތޯ ބެލުމުގެ މަސައްކަތް ކުރުން.
  4. އިންޓަރނޭޝަނަލް ބޯޑަރ ހެލްތު ސެކްޝަންގެ ސެންޓްރަލް އޮފީހުގައި މަސައްކަތް ކުރަން އަންގާ މުއްދަތަކަށް މަސައްކަތަށް ނުކުމެ ހަވާލުކުރެވޭ މަސައްކަތް ފުރިހަމަ ކުރުން.
  5. މާލެ ސަރަހައއްދުގެ ޕޯޓްތަކުގައި ވަޒީފާއާ ގުޅޭ މަސައްކަތް ފުރިހަމަކުރުން.
  6. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްކުރަން އަންގާ ތަނެއްގައި ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ރިސްކް އެލަވަންސް ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

2016 އޮގަސްޓު 15 ވާ ހޯމަދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ކައުންޓަރަށް ފޯމު ހުށަހެޅުން.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

2016 ވަނަ އަހަރުގެ އޮގަސްޓުމަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) ގައި.

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014326 އެވެ. ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

02 އޮގަސްޓް 2016