ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-ES/1/2016/112
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 09:26
ސުންގަޑި: 15 އޮގަސްޓް 2016 13:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޕްރޮގްރާމް އޮފިސަރ

ވަޒީފާގެ ފުރުޞަތު

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ނޮން ކޮމިއުނިކަބަލް ޑިސީޒް ޕްރޮގަރާމުގައި މަސައްކަތް ކުރުމަށްތަކައި ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ. މި ވަޒީފާއަކީ ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރަންޖެހޭ ވަޒީފާއެވެ.

މަޤާމު

ޕްރޮގްރާމް އޮފިސަރ

މީހުން ބޭނުންވާ އަދަދު

1

ކޮންޓްރެކްޓުގެ މުއްދަތު

1 އަހަރުދުވަސް (މުވައްޒަފުގެ މަސައްކަތާއި ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރެވޭނެއެވެ.)

މުސާރަ

މަހަކު -/10,160 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ހެލްތު ޕްރޮޓެކްޝަން އެޖެންސީ

ތަޢުލީމާއި ތަޖުރިބާ

  1. ޕްބަލިކް ހެލްތުގެ ދާއިރާ، ހެލްތު ސައިންސަސް، ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  2. ޕަބްލިކް ހެލްތުގެ ދާއިރާ، ހެލްތު ސައިންސަސް، ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕަބްލިކް ހެލްތުގެ ދާއިރާ، ހެލްތު ސައިންސަސް ނުވަތަ ގުޅުންހުރި ދާއިރާއަކުން 1 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ގައިންގައަށް ނާރާ ބަލިތަކުގެ ސަރވައިލެންސްގެ މަސައްކަތްތައް ބެލެހެއްޓުމަށް އެން.ސީ.ޑީ ރިޕޯޓުތައް ޞިއްޙީ ޚިދުމަތްދޭ ތަންނަނުން ހޯދާ ނޭޝަނަލް ލެވެލްގައި އެއްކޮށް ބެލެހެއްޓުން، އަދި ކެންސަރ ރަޖިސްޓަރީގެ މަޢުލޫމާތު ފޯމުތައްފުރާ ކަމާބެހޭ ޑިޕާޓްމަންޓުތަކުން ފޯމުތައް އެއްކޮށް ދުވަހުން ދުވަހަށް ޑޭޓާ ބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުން.

މަސައްކަތް ކުރަންޖެހޭ ގަޑި

ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދޭ ސިޓީ
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ ކޮޕީ)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ ކޮޕީ)
  4. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ސާބިތުކޮށްދޭ ލިޔުމާއި ކުރިން ވަޒީފާ އަދާކޮށްފައިވާ ތަނެއްގެ ރިފަރެންސް ލިޔުމުގެ ކޮޕީ

ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 15 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ ގައި) އަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2016 ވަނަ އަހަރުގެ އޮގަސްޓުމަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގ) ގައި.

ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

- މި ވަޒީފާގެ "ޓީ އޯ އާރ" މިމިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014326 އެވެ.

 

02 އޮގަސްޓް 2016