މަސައްކަތް
ނަންބަރު: (IUL)23-OAA/1/2016/115
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 08:57
ސުންގަޑި: 25 އޮގަސްޓް 2016 09:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޑަބްލިއު.އެޗް.އޯ ޕްރޮގުރާމްގެ ތެރެއިން ހިންގުމަށް ހަމަޖެހިފައިވާ އައި.ސީ.ޓީ ޓްރޭނިންގ ހިންގައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ޑަބްލިއު.އެޗް.އޯ ޕްރޮގުރާމުގެ ތެރެއިން ހިންގުމަށް ހަމަޖެހިފައިވާ އައި.ސީ.ޓީ ޓްރޭނިންގ ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު  (IUL)23-OAA/1/2016/93 (14 ޖުލައި 2016) އިޢުލާނާގުޅިގެން އަންދާސީހިސާބު ހުށަހެޅުމަށް އެކަށީގެންވާ އަދަދަށް ބޭފުޅުން ވަޑައިގެންފައި ނުވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2016 އޮގަސްޓު 21 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 25 ވާ ބުރާސްފަތި ދުވަހު ހެނދުނު 9:00 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

28 ޝައްވާލް 1437

03 އޮގަސްޓް 2016