ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)451-HR/1/2016/31
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 18:16
ސުންގަޑި: 14 އޮގަސްޓް 2016 13:30
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މަޤާމު:                     ޑިރެކްޓަރ

ބޭނުންވާ އަދަދު:                01

ރޭންކް:                    EX1

ކްލެސިފިކޭޝަން:               ޑިރެކްޓަރ

މުސާރަ:                    -/8835 ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް:           -/2000 ރުފިޔާ (މަހަކު)

ވަޒީފާ އޮތް އޮފީސް:             ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން

ގިންތި:                     ދާއިމީ

ވަޒީފާ އަދާކުރާ ތަނާއި ރަށް :       ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން/ މާލެ 

ޝަރުޠު:

1. އެކައުންޓިންގ، ފައިނޭންސް، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަން ރިސޯސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. އެކައުންޓިން، ފައިނޭންސް، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަން ރިސޯސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

3. އެކައުންޓިން، ފައިނޭންސް، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަން ރިސޯސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ބަޖެޓްގެ އެކައުންޓްތަކާއި އަދި ބަޖެޓާނުބެހޭ ހުރިހާ އެކައުންޓްތަކެއްގެ ހިސާބުތައް މާލިއްޔަތު ޤާނޫނާ އެއްގޮތަށް ގަވާއިދުން ބެލެހެއްޓެވުމާއި، ފައިސާއާބެހޭގޮތުން އޯޑިޓް އޮފީހަށާއި، އެހެނިހެން ފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓުތައް ގަވާއިދުން ހަދައި ފޮނުވުން.

  2. އިންސްޓިޓިއުޓަށް ލިބޭ، ބޭރުގެ އެހީގެ ތަކެއްޗާއި، ފައިސާގެ ރިކޯޑުތައް ގަވާއިދުން ބެލެހެއްޓެވުމާއި މިކަމާގުޅޭގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން.

  3. އޮފީހުގެ ޕްރޮކިއުމަންޓާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.

  4. ކުރިއަށް އޮންނަ އަހަރުގެ ބަޖެޓް ތައްޔާރުކުރުން.

  5. ތަފާތު ކޯސްތަކާއި ވާރކުޝޮޕް އަދި ޓްރެއިނިންގ ފަދަ ކަންކަމަށް ގެނެވޭ ފަރާތްތަކަށް އެލަވަންސާއި ޢިނާޔަތް ދިނުމުގެ ހުރިހާ ކަމެއް ހަމަޖެހިފައިވާ ގަވާއިދުތަކާ އެއްގޮތަށް ކުރަމުން ގެންދިއުން.

  6. ރާއްޖެއިން ބޭރުން ގެނެވޭ ކޮންސަލްޓަންޓުންނާއި، ވޮލަންޓިއަރުންގެ ދަތުރުފަތުރާއި އެކަމަޑޭޝަނާއި، ފައިސާއާ ބެހޭގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުން.

  7. މަރުކަޒުގެ ދަށުގައިވާ ޢިމާރާތްތަކާއި، އެ ތަންތަނުގައި ހުންނަ އެންމެހައި ތަކެތި ބެލެހެއްޓުމާއި، ބާވާ ތަކެއްޗާއި ހަލާކުވާ ތަކެތީގެ ތެރެއިން ނީލަމަށް ފޮނުވަން ޖެހޭ ތަކެތި ނީލަމަށް ފޮނުވުމާއި ނައްތާލަންޖެހޭ ތަކެތި ނައްތާލުމުގެ ކަންތައް ހަމަޖެހިފައިވާ ގަވާއިދާ އެއްގޮތަށް ކުރަމުން ގެންދިއުން.

  8. މަރުކަޒު ހިނގަމުންދާ ޢިމާރާތް މަރާމާތުކޮށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން.

  9. ޑިޕާޓްމަންޓުތަކަށް ބޭނުންވާ ތަކެތި ރާއްޖެއިންނާއި، ރާއްޖެއިން ބޭރުން ހޯދައި ގެނެސްދީ ހެދުމުގެ އެންމެހައި އިންތިޒާމުތަކެއްކޮށް ބެލެހެއްޓުން.

  10. އަތޮޅުތެރެއަށް ކުރަން ޖެހޭ ދަތުރުތަކާ ގުޅިގެން ފައިސާއާ ބެހޭގޮތުން އިންތިޒާމު ކޮށްދޭންޖެހޭ އެންމެހައި ކަންތައްތައް ހަމަޖެހިފައިވާ ގަވާއިދުތަކާ އެއްގޮތަށް ހަމަޖައްސައިދިނުން.

  11. ކުއްޔަށް ހިފާފައިވާ އެންމެހައި ޢިމާރާތްތަކާއި، ކުއްޔަށް ހިފަންޖެހޭ ޢިމާރާތްތަކާ ބެހޭގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ގަވާއިދުތަކާ އެއްގޮތަށް ކުރަމުން ގެންދިއުން.

  12. އިންވެންޓްރީ ރަނގަޅަށް ބެލެހެއްޓުން.

  13. ފަސޭހަކަމާއެކު މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ޤާއިމުކޮށްދިނުން.

  14. ޔުނިޓުގެ ބައްދަލުވުންތައް ގަވާއިދުން ބާއްވައި، ޔުނިޓުގެ މަސައްކަތް ހިނގަމުންދާ ގޮތް ހަފުތާއަކު އެއްފަހަރު ޑިޕާޓްމަންޓްގެ ވެރިޔާއަށް ރިޕޯޓުކުރުން.

  15. ސިވިލް ސާރވިސްގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ޔުނިޓުގެ މުވައްޒަފުންގެ ޓާގެޓް ރިވިއުކުރުމާއި، އަހަރު ނިމުމުން މުވައްޒަފުން އެޕްރައިޒް ކުރުން.

  16. ދަށުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތް މޮނިޓަރކޮށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން.

  17. މި އިންސްޓިޓިއުޓުގެ މަސައްކަތްތަކާގުޅޭ އެކިއެކި ކަންކަމުގައި އަންނަ ފަރާތްތަކަށް މަގު ދައްކައިދީ، އަވަހަށް ޚިދުމަތް ފޯރުކޮށްދިނުމަށް އެހީވެތެރިވެދީ މެހުމާންދާރީ އަދާކުރުން.

  18. އެހެން ޑިޕާޓްމަންޓުތަކުން ރާވައި ހިންގާ ކަންކަމުގައި އެހީތެރިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތައުލީމާއި، ތަމްރީނަށް ބަލައިގެން.

ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް ކުރާ އިންޓަރވިއު އިން.

ރ. ސިވިލްސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ.

ޢިނާޔަތްތައް:

މި މަޤާމުތަކަށް ހޮވޭ ފަރާތްތަކަށް ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އިންޓަރވިއު ކުރުން

މި މަޤާމަށް މީހަކު ހޮވުމުގެ އިންޓަރވިއު އޮންނާނީ 15 އޮގަސްޓު 2016 އާއި 18 އޮގަސްޓު 2016 އާ ދެމެދު ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުގައެވެ.

އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ޝަރުޠު ހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.  

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ފުރިހަމަކޮށް ހުށަހަޅަންޖެހޭ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި އިންސްޓިޓިއުޓްގެ ވެބްސައިޓް (www.nie.edu.mv) އިން އަދި މި އިންސްޓިޓިއުޓްގެ ކައުންޓަރުން ލިބިވަޑައިގަންވާނެއެވެ.)

ށ- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ އެކްރެޑިޓް ކޮށްފައިވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއެއް އަދާކުރައްވާ ފަރާތެއް ނަމަ ނުވަތަ ވަޒީފާއެއް އަދާކުރައްވާފައިވާ ފަރާތެއްނަމަ، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ލިޔުމެއް.

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ޅ- ދިވެހި ސިވިލްސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން/ ޣާޒީ ބިލްޑިންގ (2 ވަނަ ފަންގިފިލާ)ގެ ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 އޮގަސްޓު 14 ވަނަ ދުވަހުގެ 13:30 ގެ ކުރިން.

04 އޮގަސްޓް 2016