ވަޒީފާގެ ފުރުޞަތު
ނަންބަރު: IUL-229-AHI/229/2016/27
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 16:07
ސުންގަޑި: 21 އޮގަސްޓް 2016 14:00
މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ޑިރެކްޓަރ

މަޤާމުގެ ނަންބަރު: 225865

ސަރވިސް: މެނޭޖަރ/އެގްޒެކްޓިވް

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އީ. އެކްސް. 1

މަޤާމުގެ ކްލެފިކޭޝަން:  މެނޭޖަރ/އެގްޒެކްޓިވް

ސެކްޝަން: ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ، ރ. އުނގޫފާރު

މުސާރަ: މަހަކު -/8،835 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:  ދަތުރު އެލަވަންސާއި، އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަސްތަކުގައި މަސައްކަތްކޮށްފިނަމަ، ބަންދު ދުވަހުގެ ފައިސާއާއި، ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާފަދަ، ސިވިލް ސަރވިސް ގަވާއިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާ، ހަމަޖެހިފައިވާ އުޞޫލުން ހަމަޖެހޭނެއެވެ.

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ޝަރުޠު:

1. މެނޭޖްމަންޓް/ ހިޔުމަންރިސޯސް މެނޭޖްމަންޓް/ ފައިނޭންސަލް މެނޭޖްމަންޓް/ ޕަބްލިކް އެޑްމިނިސްޓްރޭޝަން / އެކައުންޓިންގ ނުވަތަ ބިޒްނަސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މެނޭޖްމަންޓް/ ހިޔުމަން ރިސޯސް މެނޭޖްމަންޓް/ ފައިނޭންސަލް މެނޭޖްމަންޓް/ ޕަބްލިކް އެޑްމިނިސްޓްރޭޝަން / އެކައުންޓިންގ ނުވަތަ ބިޒްނަސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ  ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. މެނޭޖްމަންޓް/ ހިޔުމަން ރިސޯސް މެނޭޖްމަންޓް/ ފައިނޭންޝަލް މެނޭޖްމަންޓް/ ޕަބްލިކް އެޑްމިނިސްޓްރޭޝަން / އެކައުންޓިންގ ނުވަތަ ބިޒްނަސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4. މެނޭޖްމަންޓް/ ހިޔުމަންރިސޯސް މެނޭޖްމަންޓް/ ފައިނޭންސަލް މެނޭޖްމަންޓް/ ޕަބްލިކް އެޑްމިނިސްޓްރޭޝަން / އެކައުންޓިންގ ނުވަތަ ބިޒްނަސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

5. މެނޭޖްމަންޓް/ ހިޔުމަން ރިސޯސް މެނޭޖްމަންޓް/ ފައިނޭންސަލް މެނޭޖްމަންޓް/ ޕަބްލިކް އެޑްމިނިސްޓްރޭޝަން / އެކައުންޓިންގ ނުވަތަ ބިޒްނަސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް:

1. އިދާރީ ހިންގުމާ ގުޅިގެން ކުރަންޖެހޭ ލިޔެކިޔުމުގެ މަސައްކަތް، ސެކްޝަނުގެ މުވައްޒަފުންގެ މައްޗަށް ބަހާލައިގެން ކުރުވައި ބެލެހެއްޓުން.

2. ސްޓޮކަށް ލިބޭ ތަކެއްޗާއި، ހޯދަންޖެހޭ ތަކެތި ހޯދުމުގެ އެންމެހައި ކަންތައްތައް ވަކި މުވައްޒަފަކާ ހަވާލުކޮށްގެން ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ހޯދުން.

3. ކައުންސިލް އިދާރާއަށް ގެނެވޭ ހަރުމުދަލާއި، ނައްތައިލެވޭ ހަރުމުދަލުގެ އިންވެންޓްރީ، ސެކްޝަނުގެ މުވައްޒަފަކާ ހަވާލުކޮށްގެން ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ބެލެހެއްޓުން.

4. އިމާރާތްތަކާއި ގޯތިތެރެ ކުނިކަހައި ފޮޅައި ސާފުކުރުމާއި، ކުރަންޖެހޭ ކުދިކުދި މަރާމާތުތައް، ސެކްޝަނުގެ މުވައްޒަފުންގެ މައްޗަށް ބަހާލައިގެން ކުރުވައި، އެކަންކަން ބެލެހެއްޓުން.

5. ކައުންސިލް އިދާރާއިން ރާވައި އިންތިޒާމުކުރާ އެކިއެކި ބައްދަލުވުންތަކާއި، މުބާރާތްތަކާއި، މުނާސަބަތުތައް އިންތިޒާމުކޮށްގެން ކުރިޔަށްގެންދިޔުމުގައި މުވައްޒަފުންގެ އެއްބާރުލުން ހޯދައިގެން ކުރުވުމާއި، އެއްބާރުލުން ދިނުން.

6. ކައުންސިލްގެ ރައީސާއި ޒިއްމާދާރުވެރިޔާ އަންގަވާގޮތެއްގެމަތިން އޮފީހުގައި ހިންގޭ އެންމެހައި ހަރަކާތްތައް ފަހިކަމާއެކު ކުރިޔަށްގެންދެވޭނެ ގޮތުގެމަތިން ސެކްޝަނުގެ އެހެން މުވައްޒަފުން ލައްވައި މަސައްކަތް ކުރުވުން.

7. ކައުންސިލް އިދާރާގެ މަޤާމުތަކަށް މުވައްޒަފުން ލެއްވުމާއި، ވަޒީފާ ބަދަލުކުރުމާއި، ވަޒީފާއިން ވަކިކުރުމާއި، މުސްކުޅިކުރެވޭ މުވައްޒަފުންގެ އެންމެހައި ކަންކަން، ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާގެ ލަފާގެމަތިން، ސެކްޝަނުގެ އެހެން މުވައްޒަފުން ލައްވައި މަސައްކަތް ކުރުވުން.

8. ޔުނިޓުގެ މުވައްޒަފުންގެ އެޕްރައިޒްކުރުމުގެ ކަންތައް އުޞޫލުތަކާ އެއްގޮތްވާގޮތުގެމަތިން ކުރިއަށް ގެންދިޔުން.

9. ކައުންސިލް އިދާރާއިންދޭ ޓްރާންސްޕޯޓް އޮތޯރިޓީގެ ޚިދުމަތާ ގުޅޭ އެންމެހައި ކަންކަން ފުރިހަމަ އިންތިޒާމެއްގެމަތިން، ޔުނިޓުގެ މުވައްޒަފުން ލައްވައި ކުރުވުން.

10. ކައުންސިލް އިދާރާއިންދޭ ޓްރާންސްޕޯޓް އޮތޯރިޓީގެ ޚިދުމަތާ ގުޅިގެން އާންމުންގެ ފަރާތުން ލިބޭ ޝަކުވާތައް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް، ވެރިންގެ އިރުޝާދާ އެއްގޮތްވާގޮތުގެމަތިން ފުރިހަމަކުރުން.

11. އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް، ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާންމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައްޔާއި، ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި، ވެރިން އަންގަވާގޮތެއްގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.

12. މަތީގައިވާ ކަންކަމުގެ އިތުރުންވެސް، އޮފީހުން ހަވާލުކުރާ، ވަޒީފާގެ މަސައްކަތާ ގުޅޭ ކޮންމެ މަސައްކަތެއް ކުރުމާއި، އޮފީހުން ނުވަތަ އެހެން ފަރާތަކުންނަމަވެސް ހިންގާ އިޖުތިމާޢީ މަސައްކަތްތަކާއި ހަރަކާތްތަކުގައި (ދިވެހި ސިވިސަރވިސްގެ ޤާނޫނާއި ގަވާއިދާ ޚިލާފުނުވާ ކަންކަމުގައި) ބައިވެރިވުން.    

ހުށަހަޅަންޖެހޭ ލިއުންތައް:

1- ފުރިހިމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، އަތޮޅު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރިޑޭޓްކޮށް، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖަހާފައިވާ އަޞްލު)

3- ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފެއްނަމަ، ރ. އަތޮޅު ކައުންސިލް އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުން ގެންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިއުން.

4- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އެ މުވައްޒަފުގެ ވަޒީފާގެ މަސްއޫލިއްޔަތާއި، މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް ވަޒީފާ އަދާކުރި ނުވަތަ ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިއުމެއް.

5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް.

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)

އިންޓަވިޔު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު:

- މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިޔުއާއި، ޕްރެޓިކަލްއާއި، އިމްތިޙާނުކުރުން އޮންނާނީ، 2016 އޮގަސްޓުމަހުގެ ތެރޭގައި، މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

- މި މަޤާމަށް އިންޓަވިޔު ކުރެވޭނީ، މި މަޤާމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ތަޢުލީމީ ފެންވަރު އެންމެ ރަނގަޅު ފަރާތްތަކާއެވެ. 

އެޕްލިކޭޝަން ފޮނުވަންވީ ތަނާއި ތާރީޚު:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ވަޒީފާއަށްއެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިއުންތަކާއެކު، 2016 އޯގަސްޓު 21 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިއުންތައް އީމެއިލުންނާއި ފެކުހުންވެސް ހުށަހެޅިދާނެއެވެ.

އިތުރު މަޢުލޫމާތު:

މި ވަޒީފާއަށް ހުށަހެޅުމުގައި އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، ރ. އަތޮޅު ކައުންސިލް އިދާރާގެ 6580027 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

28 ޝައްވާލް 1437

02 އޮގަސްޓް 2016