މަސައްކަތް
ނަންބަރު: (IUL)305/305/2016/66
ޕަބްލިޝްކުރި ތާރީޚް: 01 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 14:15
ސުންގަޑި: 09 އޮގަސްޓް 2016 11:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާރޭފެން ނަގައި ރައްކާކުރުމުގެ ނިޒާމު ޤާއިމުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ރ. މާކުރަތުގައި ވާރޭފެން ނަގައި ރައްކާކުރުމުގެ ނިޒާމު ޤާއިމުކުރުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު:

މި އިދާރާގެ ނަންބަރު: (IUL)/305/305/2016/64 (21 ޖުލައި 2016) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ. އެ އިޢުލާނުގައިވާ ފްރީ ބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚު އަދި ބިޑު ހުށަހަޅުއްވަންޖެހޭ ތާރީޚު ތިރީގައިވާ ގޮތަށް ބަދަލުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

ވީމާ،  އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ބީލަންފޮތް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 14:00 އަށް ރ. މާކުރަތު ކައުންސިލުގެ އިދާރާއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.

މި މަޝްރޫޢުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 2016 އޮގަސްޓު 9 ވާ އަންގާރަދުވަހުގެ 11:00 ގައި ރ. މާކުރަތު ކައުންސިލްގެ އިދާރާގެ މީޓިންގރޫމުގައެވެ.

ބިޑް ހުޅުވުން އޮންނާނީ 2016 އޮގަސްޓު 17 ވާ ބުދަދުވަހުގެ 11:00 ގައި ރ. މާކުރަތު ކައުންސިލްގެ އިދާރާގެ މީޓިންގރޫމުގައެވެ. ބީލަންތައް ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި އޮންނަންވާނެއެވެ.

ހ. ރ. މާކުރަތު ސަހަރާ، މަސްޖިދުލްއަންވާރު، މަސްޖިދުއްރިޟުވާން އަދި ރ. މާކުރަތު ކައުންސިލުގައި ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް"

ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު

ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު

ރ. ބީލަންފޮތުގައި ފުރިހަމަކުރަން ކަނޑައަޅާފައިވާ ހުރިހާ ފޯމުތައް ފުރިހަމަނުވާނަމަ، ބިޑް ކެންސަލްކުރެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި ނަންބަރު 6580015 ފޯނަށެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

27 ޝައްވާލް 1437

01 އޮގަސްޓް 2016