މަސައްކަތް
ނަންބަރު: (IUL)301/INDIV/2016/12
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 07 އޮގަސްޓް 2016 13:00
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކުރުމަށް

އިޢުލާން

މަސްޖިދުއްނޫރުގައި ކުރަންހުރި ބައެއް މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކުރުމަށް ބޭނުންވެއްޖެ:

ރ. އަނގޮޅިތީމު މަސްޖިދުއްނޫރުގައި (އައު މިސްކިތުގައި) ކުރަންހުރި، ތިރީގައިވާ މަސައްކަތްތައް ކުރުމަށް ބޭނުންވެއްޖެއެވެ. އަމިއްލަ ތަކެތީގައި ކޮންޓްރެކްޓް އުސޫލުން މި މަސައްކަތްތައް ކުރަން ބޭނުންވާ ފަރާތްތަކުން މި އިޢުލާނުގައިވާ ތާރީޚުގައި މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތުގެ މަޢުލޫމާތުދިނުން އޮންނާނީ 2016 އޮގަސްޓު 7 ވާ އާދީއްތަދުވަހުގެ 13:00 ގައި މި ކައުންސިލްގެ އިދާރާގައެވެ. އަދި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2016 އޮގަސްޓު 11 ވާ ބުރާސްފަތިދުވަހުގެ 13:00 ގައި މި ކައުންސިލްގެ އިދާރާގައެވެ. މި މަސައްކަތަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނަރޝިޕް، ކުންފުނި ނުވަތަ ކޯޕަރޭޓް ސޮސައިޓީ ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.

މި މަސައްކަތުގެ މަޢުލޫމާތު ސާފުކުރުމަށް އަދި ބިޑް ހުށަހެޅުމަށް އަންނަ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ނުވަތަ ބިޑް ހުށަހެޅުމަށް ބަދަލުގައި ބޭފުޅަކު ހާޒިރުވާނަމަ އެކަން ބަޔާންކޮށް ސިޓީއެއް ގެންނަންވާނެއެވެ. އެކަކަށް ދެފަރާތެއްގެ ނަމުގައި މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

ކުރަންޖެހޭ މަސައްކަތް:

  • މިސްކިތުގެ މިޙުރާބުގޭގައި ޕާޓިޝަން
  • މިސްކިތުގައި ހުރި މައިދޮރު ފިޔަވައި، ދެންހުރި ބޮޑުދޮރުތަކުން އެތެރެއަށް ފެން ވަންނަ މައްސަލަ ހައްލުކުރުން
  • ހުރިހާ ކުޑަ ދޮރުތަކެއްގެ ފެންލައިޓް ބޭރުގައި ބިއްލޫރި ހަރުކުރުން

28 ޝައްވާލް 1437

02 އޮގަސްޓް 2016