ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމު: ޑިރެކްޓަރ
ބޭނުންވާ އަދަދު: 01
ރޭންކް: EX1
ކްލެސިފިކޭޝަން: ޑިރެކްޓަރ
މުސާރަ: މަހަކު -/8835 ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ
ވަޒީފާއޮތް އޮފީސް: ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ގިންތި: ދާއިމީ
ވަޒީފާ އަދާކުރާ ތަނާއި ރަށް : ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން/ މާލެ
ޝަރުތު:
-
އެކައުންޓިން، ފައިނޭންސް، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަން ރިސޯސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
-
އެކައުންޓިން، ފައިނޭންސް، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަން ރިސޯސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
-
އެކައުންޓިން، ފައިނޭންސް، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަން ރިސޯސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަޑު ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
-
ބަޖެޓްގެ އެކައުންޓްތަކާއި، ބަޖެޓާނުބެހޭ ހުރިހާ އެކައުންޓްތަކެއްގެ ހިސާބުތައް މާލިއްޔަތު ޤާނޫނާ އެއްގޮތަށް ގަވާއިދުން ބެލެހެއްޓެވުމާއި، ފައިސާއާ ބެހޭގޮތުން އޯޑިޓް އޮފީހަށާއި އަދިވެސް އެހެނިހެން ފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓުތައް ގަވާއިދުން ހަދައި ފޮނުވުން.
-
އިންސްޓިޓިއުޓަށް ލިބޭ ބޭރުގެ އެހީގެ ތަކެއްޗާއި، ފައިސާގެ ރެކޯޑުތައް ގަވާއިދުން ބެލެހެއްޓެވުމާއި މިކަމާގުޅޭގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން.
-
އޮފީހުގެ ޕްރޮކިއުމަޓާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
-
ކުރިއަށް އޮންނަ އަހަރުގެ ބަޖެޓް ތައްޔާރުކުރުން،
-
ތަފާތު ކޯސްތަކާއި ވާރކުސޮޕް އަދި ޓުރެއިނިންގ ފަދަ ކަންކަމަށް ގެނެވޭ ފަރާތްތަކަށް އެލަވަންސާއި ޢިނާޔަތް ދިނުމުގެ ހުރިހާ ކަމެއް ހަމަޖެހިފައިވާ ގަވާއިދުތަކާ އެއްގޮތަށް ކުރަމުން ގެންދިއުން .
-
ރާއްޖެއިން ބޭރުން ގެނެވޭ ކޮންސަލްޓަންޓުންނާއި، ވޮލެންޓިއަރުންގެ ދަތުރުފަތުރާއި އެކަމަޑޭޝަނާއި އަދިވެސް ފައިސާއާ ބެހޭގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުން.
-
މަރުކަޒުގެ ދަށުގައިވާ ޢިމާރާތްތަކާއި، އެތަންތަނުގައި ހުންނަ އެންމެހައި ތަކެތި ބެލެހެއްޓުމާއި، ބާވާ ތަކެއްޗާއި ހަލާކުވާ ތަކެތީގެ ތެރެއިން ނީލަމަށް ފޮނުވަން ޖެހޭ ތަކެތި ނީލަމަށް ފޮނުވުމާއި ނައްތާލަންޖެހޭ ތަކެތި ނައްތާލުމުގެ ކަންތައް ހަމަޖެހިފައިވާ ގަވާއިދާ އެއްގޮތަށް ކުރަމުން ގެންދިއުން.
-
މަރުކަޒު ހިނގަމުންދާ ޢިމާރާތް މަރާމާތުކޮށް ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުން.
-
ޑިޕާޓްމަންޓްތަކަށް ބޭނުންވާ ތަކެތި ރާއްޖެއިންނާއި އަދި ރާއްޖެއިން ބޭރުން ހޯދައި ގެނެސްދީ ހެދުމުގެ އެންމެހައި އިންތިޒާމުތަކެއްކޮށް ބެލެހެއްޓުން.
-
އަތޮޅުތެރެއަށް ކުރަން ޖެހޭ ދަތުރުތަކާ ގުޅިގެން ފައިސާއާ ބެހޭގޮތުން އިންތިޒާމް ކޮށްދޭންޖެހޭ އެންމެހައި ކަންތައްތައް ހަމަޖެހިފައިވާ ގަވާއިދުތަކާ އެއްގޮތަށް ހަމަޖެއްސައިދިނުން.
-
ކުއްޔަށް ހިފާފައިވާ އެންމެހައި ޢިމާރާތްތަކާއި ކުއްޔަށް ހިފަންޖެހޭ ޢިމާރާތްތަކާ ބެހޭގޮތުން ކުރަން ޖެހޭ ހުރިހާ ކަމެއް ގަވާއިދުތަކާ އެއްގޮތަށް ކުރަމުން ގެންދިއުން.
-
އިންވެންޓްރީ ރަނގަޅަށް ބެލެހެއްޓުން.
-
ފަސޭހަކަމާއެކު މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ޤާއިމުކޮށްދިނުން.
-
ޔުނިޓުގެ ބައްދަލުވުންތައް ގަވައިދުން ބާއްވާ ޔުނިޓުގެ މަސައްކަތްދާގޮތް ހަފުތާއަކު އެއްފަހަރު ޑިޕާޓްމަންޓުގެ ވެރިޔާއަށް ރިޕޯޓުކުރުން.
-
ސިވިލް ސާރވިސްގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ޔުނިޓްގެ މުވައްޒަފުންގެ ޓާރގެޓް ރިވިއުކުރުމާއި އަދި އަހަރު ނިމުމުން މުވައްޒަފުން އެޕްރައިޒް ކުރުން.
-
ދަށުގައި މަސައްކަތްކުރާ މުއައްޒަފުންގެ މަސައްކަތް މޮނިޓަރކޮށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން.
-
މި އިންސްޓިޓިއުޓްގެ މަސަކަތްތަކާ ގުޅޭގޮތުން އެކިއެކި ކަންކަމުގައި އަންނަ ފަރާތްތަކަށް މަގުދައްކައި އަވަސް ޚިދުމަތް ފޯރުކޮށްދިނުމަށް އެހީވެދީ މެހުމާންދާރީ އަދާކުރުން.
-
އެހެން ޑިޕާޓްމަންޓްތަކުން ރާވައި ހިންގާ ކަންކަމުގައި އެހީތެރިވުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން
ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ގާބިލުކަން ކަށަވަރުކުރުމަށް ކުރާ އިންޓަރވިއު އިން
ރ. ސިވިލްސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައްވެސް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ.
ޢިނާޔަތްތައް:
މި މަޤާމުތަކަށް ހޮވޭފަރާތްތަކަށް ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ ދެވޭނެއެވެ.
އިންޓަރވިއު ކުރުން.
މި މަޤާމުތަކަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 11 އޮގަސްޓު 2016 އާއި 18 އޮގަސްޓު 2016 އާ ދެމެދުގައި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގައެވެ.
އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ޝަރުޠު ހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ފުރިހަމަކޮށް ހުށަހަޅުއްވަންޖެހޭ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި އިންސްޓިޓިއުޓްގެ ވެބްސައިޓް (www.nie.edu.mv) އިން އަދި މި އިންސްޓިޓިއުޓްގެ ކައުންޓަރުން ލިބިވަޑައިގަންވާނެއެވެ.
ށ- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް ފައިވާ) މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
ނ- ވަޒީފާއެއް އަދާކުރައްވާ ފަރާތެއް ނަމަ ނުވަތަ ވަޒީފާއެއް އަދާކުރައްވާފައިވާ ފަރާތެއްނަމަ ވަޒީފާގައި އޮތް މަސްއޫލިއްޔަތު އެނގޭ ލިޔުމެއް.
ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ ( ގުޅޭނެ ނަންބަރާއެކު )
ޅ- ދިވެހި ސިވިލްސަރވިސްއަށް/ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ކުރިމަތިލައްވާ މަޤާމަށް ހޮވިއްޖެނަމަ،އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ތަކެތި ހުށަހަޅަންޖެހޭ އޮފީސް
މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން/ ޣާޒީބިލްޑިންގ (2 ވަނަ ފަންގިފިލާ) ކައުންޓަރަށް ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 އޮގަސްޓު 10 ވަނަ ދުވަހުގެ 13:30 ގެ ކުރިން.