މަސައްކަތް
ނަންބަރު: (IUL)443-CO/443/2016/34
ޕަބްލިޝްކުރި ތާރީޚް: 01 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 10 އޮގަސްޓް 2016 11:00
ފުވައްމުލަކު ފުނާޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ފުނާޑު ކަނބުރާ މިސްކިތާއި މަސްޖިދުއްޞިއްދީޤުގައި ކުރަންހުރި މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން:

ފުނާޑު ކަނބުރާ މިސްކިތާއި މަސްޖިދުއްޞިއްދީޤުގެ މަރާމާތުތައް ކުރުމަށް ބޭނުންވާތީ، މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 10 ވާ ބުދަދުވަހުގެ 11:00 އަށް ފުނާޑު ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 14 ވާ އާދީއްތަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓަރީކޮށްފައިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

27 ޝައްވާލް 1437

01 އޮގަސްޓް 2016