މަސައްކަތް
ނަންބަރު: GS19-C/IUL/2016/30
ޕަބްލިޝްކުރި ތާރީޚް: 01 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 11:56
ސުންގަޑި: 09 އޮގަސްޓް 2016 11:00
ހއ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ގުދަނެއް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު:

މި މަދަރުސާގައި 25x33 ފޫޓުގެ ގުދަނެއް އެޅުމަށް ބޭނުންވާތީ، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2016 ޖުލައި 10 ގައި ކޮށްފައިވާ މި މަދަރުސާގެ ނަންބަރު GS19-C/IUL/2016/25 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، މި މަދަރުސާއިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް ކުރިމަތިލެވޭނީ، ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ނަމުގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.

އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި، ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ ގެންނެވުމަށްވެސް ދެންނެވީމެވެ.

ތަފުސީލް

ތާރީޚު

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

09 އޮގަސްޓު 2016 (އަންގާރަ)

11:00

މަދަރުސާގެ އޮފީސް

އަންދާސީހިސާބު ހުށަހެޅުން

18 އޮގަސްޓު 2016 (ބުރާސްފަތި)

11:00

މަދަރުސާގެ އޮފީސް

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ، ރަސްމީގަޑީގައި، 6500048 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

27 ޝައްވާލް 1437

01 އޮގަސްޓް 2016