ވަޒީފާގެ ފުރުޞަތު
ނަންބަރު: GIL/IUL/2016/214
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 11:38
ސުންގަޑި: 11 އޮގަސްޓް 2016 15:00
ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް
ދިވެހިރާއްޖެ
ސްޓޯރ ކީޕަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމުގެ ނަން: ސްޓޯރ ކީޕަރ

މުސާރަ: މަހަކު -/9،400 ރުފިޔާ

ފުޑް އެލަވަންސް: މަހަކު -/1،050 ރުފިޔާ

ސެޓުފިކެޓު އެލަވަންސް: ކުންފުނިން ކަނޑައަޅާފައިވާ އުސޫލުގެމަތިން ދެވޭނެއެވެ.   

އެޓެންޑްސް އެލަވަންސް: ދުވާލަކަށް -/20 ރުފިޔާ

ބޭނުންވާ އަދަދު: 1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:  ގުޅިފަޅު ސައިޓް

މަޤާމުގެ ޝަރުޠު: 

- ބިޒްނަސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް މެނޭޖްމަންޓާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން.

- މަދުވެގެން 2 އަހަރުދުވަހު އިންވެންޓްރީ ބެލެހެއްޓުމާ ގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

- ފުރިހަމަކޮށްފައިވާ ކޯހުގައި އިންވެންޓްރީ މެނޭޖްމަންޓުގެ މާއްދާއެއް ހިމެނިފައިވާނަމަ، ނުވަތަ މި ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

- ސައިޓުގެ ސްޓޯރުގައިހުރި މުދަލުގެ ރިކޯޑު ބެލެހެއްޓުން.

- ތަކެތި ހުސްވުމުން، ތަކެތި ހޯދުމަށް ރިކުއެސްޓްކޮށް، ތަކެތި ލިބުމުން، ސްޓޯރޫމަށް ތަކެތި ގެނައުން.

ސައިޓުގައިވާ އެންމެހައި ހަރުމުދާތައް މޮނިޓަރކޮށް، ރައްކާތެރިގޮތެއްގައި މުދާ ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭ ފަރާތުގެ ސިޓީ.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ވަޒީފާއަށް އެދޭ ފަރާތުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

- ކުރީގައި ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ލިޔުން.

ސުންގަޑި: 

2016 އޮގަސްޓު 11 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން (އޮފީސް ހުޅުވިފައި ހުންނާނީ، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 16:00 އަށެވެ.)

ހުށަހަޅަންވީ ތަން:

ހ. އާގަދަގޭގެ ދެވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި ކުންފުނީގެ 3016630 ނަންބަރު ފޯނަށެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

1 ޛުލްޤަޢިދާ 1437

04 އޮގަސްޓް 2016