މުބާރާތް
ނަންބަރު: (IUL)240-CA/240/2016/79
ޕަބްލިޝްކުރި ތާރީޚް: 01 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 11:34
ސުންގަޑި: 10 އޮގަސްޓް 2016 14:00
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޮޑުބެރު ޗެލެންޖުގައި ބައިވެރިވުމުގެ މުއްދަތު އިތުރު ކުރުމާގުޅޭ

އިޢުލާން

ބޮޑުބެރު ޗެލެންޖުގައި ބައިވެރިވުމުގެ މުއްދަތު އިތުރު ކުރުމާގުޅޭ

މި ކައުންސިލުން އިންތިޒާމުކޮށްގެން މި އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑުބެރު ޗެލެންޖްގައި ބައިވެރިވުމުގެ މުއްދަތު 2016 އޮގަސްޓު 10 ވަނަ ދުވަހުގެ 14:00 އަށް އިތުރުކޮށް އަލުން އިޢުލާނު ކުރީމެވެ.

ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ މި އަތޮޅުގެ ބޮޑުބެރު ގްރޫޕްތަކުން 2016 އޮގަސްޓު 10 ވަނަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ގިނަވެގެން 20 މީހުން އަދި މަދުވެގެން 10 މީހުން ހިމެނޭ ގްރޫޕްތަކަށެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ގަވާއިދު މިކައުންސިލުން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.

27 ޝައްވާލް 1437

01 އޮގަސްޓް 2016